ads
ކުޑަކުއްޖަކަށް ނަފްސާނީ ގޯނާ ކުރާތަން ދައްކުވައިދޭ މަންޒަރެއް - ފޮޓޯ: ވެރީވެލް ފެމިލީ
13 އަހަރުގެ އަންހެން ކުއްޖަކާ ބެހުނު މައްސަލައެއް ބަލަނީ
އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި އެކަން ހިނގީ ނ، ރ، ބ، އަދި ޅ، އަތޮޅު ހިމެނޭ ނޯތު ޕޮލިސްގެ ބެލުމުގެ ދަށުގައި އޮތް ރަށެއްގަ އެވެ. ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކުރީ މި މަހުގެ 19 ގައި ކަަމަށް ވެސް ބުންޏެެވެ.

ނަމަވެސް މިހައިތަނަށް އެ މައްސަލާގައި ފުލުހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ނޫސްތަކާ ހިއްސާކުރި މެސެޖުގައި ބުންޏެެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ދާދި ފަހުން ވަނީ ހުކުމްކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް