ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--
ކޮރޯނާ ވައިރަހުގެ ކަންކަމާ ގުޅޭ ގޮތުން ރައީސް ސްރީލަންކާގެ ބޮޑުވަޒީރާ މަޝްވަރާކޮށްފި
ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ކޮވިޑް-19 ނުވަތަ ކޯރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ، އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރެއްވީ މިއަދު ހެދުނު ފޯނުން ގުޅުއްވައިގެންކަމަ ށެވެ. އެގޮތުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ބަލި ބާރަށް ފެތުރެންފަށައިފި ނަމަ ކުރިމަތިވެދާނެ ދަތިތަކާ، ފެތުރޭ މިންވަރަށް ފަރުވާދޭ ވަސީލަތްތައް އިތުރުކުރުމާއި ބެހޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އަދި ކުއްލިއަކަށް ބަލިމީހުން އިތުރުވެދާނެ ޙާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ބަލިމީހުންނަށް ބޭނުންވާނެ އެނދާއި، އެހެނިހެން ވަސީލަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުންބުނެ އެވެ. އެގޮތުން މިހާރުވެސް އަމަކުރަމުންގެންދާ ގޮތްތައް ކަމުގައިވާ ބޭރަށް ނިކުމު އުޅުމުގައި އިޖްތިމާއީ ގައިދުރުކަމަށް އިސްކަންދިނުން ފަދަ ރައްކާތެރިވުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައި ވެއެވެ.

އޭގެ އިތުރުން ދަތުރުފަތުރު ކުރުން ހުއްޓާލުންފަދަ ހަރުދަނާ ފިޔަވަޅުތަކުގެ އިތުރުން ހާލަތުން އަރައިގަތުމަށް ދެ ގައުމުގެ ލީޑަރުން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި ދެ ގައުމުގެގުޅުން އިތުރަށް ވަރުގަދަކުރުމާއި، ސަރަހައްދަށް ކުރިމަތިވާ ދަތިތަކުން ސަލާމަތްވުމަށް ގައުމުތައް ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވާފައިވާކަަށްވެސް ރައީސް އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް