ads
ނާވާސް
ނާވާސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
ކޮސްޓަރިކާގެ ކީޕަރު ކޭލާ ނާވާސް އިންޓަނޭޝަނަލް ފުޓްބޯޅައިން ރިޓަޔާކޮށް އެކަން އިއުލާންކޮށްފި އެވެ.

އަންނަ މަހު އެމެރިކާގައި އޮންނަ ކޮޕާ އެމެރިކާގައި ނާވާސް ކުޅޭނެ ކަމަށް ބެލެވިފައިވަނިކޮށް، އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރުމާއެކު ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ.

2008 ވަނަ އަހަރުން ފެށިގެން ކޮސްޓަރިކާގެ ގޯލް ބަލަހައްޓަމުން އަންނަ ނާވާސްވަނީ ތިން ވޯލްޑްކަޕްގައި ކުޅެފައެވެ. ކޮސްޓަރިކާގެ ގައުމީ ޓީމަށް 114 މެޗު މިހާތަނަށް ކުޅެފައިވާ ނާވާސް، ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނީ މިދިޔަ މާރިޗު މަހުއެވެ.

ނާވާސްގެ އިންޓަނޭޝަނަލް ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ، 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ކޮސްޓަރިކާ ގެންގޮސްދިނުމެވެ. އުމުރުން 37 އަހަރުގެ ނާވާސް، ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނީ އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ފްރެންޑްލީ މެޗެއްގައެވެ. އެއީ މިދިޔަ މާރިޗު މަހު އޮތް އިންޓަނޭޝަނަލް ބްރޭކްގައެވެ.

ކްލަބު ފުޓްބޯޅައިގައި ނާވާސް މިހާރު ކުޅެމުން އަންނީ ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓަށެވެ. އެއީ 2019 ވަނަ އަހަރުން ފެށިގެން ޕީއެސްޖީގައި ހުރުމަށް ފަހު ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. 

ނާވާސްވަނީ ޕީއެސްޖީއާ އެކު ފްރެންޗް ލީގު ތިން ފަހަރު ހޯދާފައެވެ. އަދި އޭގެ ކުރިން ރިއާލް މެޑްރިޑާއެކު އޭނާވަނީ ލަލީގާއާއި، ޗެމްޕިއަންސް ލީގު އަދި ކްލަބު ވޯލްޑްކަޕާ، ޔުއެފާ ސުޕަރ ކަޕްގެ އިތުރުން ސްޕެނިޝް ސުޕަރ ކަޕް އެތައް ފަހަރަކު ހޯދާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް