ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް ކަމަށްވާ، އައިޕީއެލްގެ ފައިނަލަށް ހައިދަރުއާބާދު ދިޔައީ، ފަހު ސެމީގައި ރޭ ރާޖަސްތާން ރޯޔަލްސް އަތުން 36 ލަނޑުން މޮޅުވެގެންނެވެ.
ފައިނަލްގައި ހައިދަރުއާބާދު ކުޅޭނީ ކަލްކަތާއާއެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުން، ކަލްކަތާ އިން ވަނީ، އަށް ވިކެޓުން ހައިދަރުއާބާދު ބަލިކޮށްފަ އެވެ.
ރޭ ކުޅުނު ފަހު ސެމީ މެޗުގައި، ރާޖަސްތާނުން ޓޮސް ދިމާވުމުން ނިންމީ ފީލްޑް ކުރާށެވެ. ހައިދަރުއާބާދުން ކުޅެން އަރައި، 20 އޯވަރު ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ވަނީ 175 ލަނޑު ހަދައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ރާޖަސްތާން ކުޅުންތެރިންނަށް، ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 139 ލަނޑެވެ.