ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ އެ މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ މަސްވެރިން ބާނާ މަސް، ކަޅުބިލަ މަހަށް ހަމަ އަގު ހޯދުމަށް ރާއްޖޭގައި ކަޅުބިލަ މަސް ޕްރޮސެސް ކުރެވޭނެ ގޮތަށް އިންތިޒާމު ހަމަޖެހިގެން ދިއުން ކަމަށެވެ.
ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުން އެނގުނު ކަމަކީ ކަޅުބިލަ މަސް ރާއްޖޭގައި ޕްރޮސެސް ކުރަން ޖެހޭކަން ކަމަށް ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ އެކަން އެގޮތަށް ކުރަން ޖެހެނީ ދުނިޔޭގެ ބާޒާރުގައި ވާދަވެރިކަން މިހާރު ހުރި ގޮތުންނާ އެކު ވެސް ކަމަށެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މަހަށް ހަމަ އަގު ހޯދުމަށް ބާގެއިން ކުރުމަށް ރާއްޖޭގައި މިހާރު ހުރި ވަރަށް ވުރެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރަން ޖެހޭ ކަމުގަ އެވެ. އެކަން ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެ މިނިސްޓްރީގެ ފަރާތުން ކުރަމުން އަންނަކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ މަސް ކިރާއިރު ރިޖެކްޓްވާ މަހުގެ މިންވަރު މަދު ކުރުމަށާއި ތާޒާކަން މަތީގައި މަސް ބެހެއްޓުމަށް އައިސް ޕްލާންޓާއި ދޯނިފަހަރުގައި ހަރުކުރެވޭ އާރުއެސްޑަބްލިއު ސިސްޓަމްތަކާ އަދި އެހެން ކުރަން ހުރި ކަންކަން ކުރުމަށް މަސްވެރިންނަށް ލުއި ގޮތްތައް ހަމަޖައްސައިދޭން ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.