ads
މާލެ ވިޔަފާރި ބަނދަރު: އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުން 2.2 ބިލިއަން ރުފިޔާ ކުޑަކޮށްފައިވާ ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައި - ފޮޓޯ:އެމްޕީއެލް
ދައުލަތުގެ ހަރަދުން 2.2 ބިލިއަން ރުފިޔާ ކުޑަކޮށް، އާމްދަނީ އިތުރުކޮށްފި
އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުން 2.2 ބިލިއަން ރުފިޔާ ކުޑަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް،

  • ދައުލަތުން ހަރަދުގެ ގޮތުގައި 14.9 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައި
  • ނިމިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައި ވަނީ 17.2 ބިލިއަން ރުފިޔާ
  • މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުގެ ގޮތުގައި ހޭދަ ކުރި އަދަދު 2.2 ބިލިއަން ރުފިޔާ މަދު

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 13.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ލިބުނީ 12.6 ބިލިއަން ރުފިޔާ އެވެ. މި އަހަރު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރާ އަޅާބަލާއިރު 3.9 އިންސައްތަ އިތުރު އަދަދެކެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކޮށްފައިވަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީންނެވެ. މެއި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 10.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 9.7 ބިލިއަން ރުފިޔާ އެވެ.

  • ޓީޖީއެސްޓީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ލިބިފައިވޭ
  • ބީޕީޓީގެ ގޮތުގައި 2.8 ބިލިއަން ލިބުނު
  • ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވޭ
  • ޖީއެސްޓީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބުނު
  • އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބިފައިވޭ

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި ޓެކްސް ނޫން ދާއިރާތަކުން އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.

  • އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 417.1 މިލިއަން ރުފިޔާ ލިބުނު
  • ރިސޯޓުތަކުން ކުލީގެ ގޮތުގައި 563.6 މިލިއަން ރުފިޔާ ލިބިފައިވޭ

ރައްޔިތުންގެ މަޖިލިހުން މި އަހަރަށް ފާސްކޮށްފައި ވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓުގައި ޓީޖީއެސްޓީ އާއި ޖީއެސްޓީން ދައުލަތަށް 13.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މި އަހަރު ނިމޭއިރު ދައުލަތަށް 33.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި 25.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް