ads
ކަލްކަތާގެ ކުޅުންތެރިން
ކަލްކަތާއިން އައިޕީއެލްގެ ޗެމްޕިއަންކަން ހޯދައިފި
ސަންރައިޒާސް ހައިދަރުއާބާދު ބަލިކޮށް، ކަލްކަތާ ނައިޓް ރައިޑާސް އިން އިންޑިއަން ޕްރިމިއާ ލީގު ކާމިޔާބުކޮށްފިއެވެ.
Advertisement

ހައިދަރުއާބާދު އަތުން ކަލްކަތާ ރޭ މޮޅުވީ އަށް ވިކެޓުން ނެވެ. މި މުބާރާތް ކާމިޔާބު ކުރުމާއެކު، ކަލްކަތާއަށް މި މުބާރާތް ތިންވަނަ ފަހަރު ކާމިޔާބު ކުރެވުނީއެވެ. 

ކުރިން ކަލްކަތާއިން މުބާރާތް ކާމިޔާބު ކުރީ 2012 ވަނަ އަހަރު އަދި 2014 ވަނަ އަހަރުއެވެ. 2012 ވަނަ އަހަރު މުބާރާތް ކާމިޔާބު ކުރީ ޗެންނާއި ބަލިކޮށްގެންނެވެ. އަދި 2014 ވަނަ އަހަރު ޕަންޖާބު ބަލިކޮށްގެންނެވެ.

ރޭ ކުޅުނު ފައިނަލް މެޗުގެ، ޓޮސް ދިމާވުމުން ހައިދަރުއާބާދުން ނިންމީ ކުޅެން އަރާށެވެ. އެ ޓީމަށް 18.3 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 113 ލަނޑެވެ. ޖަވާބުގައި ކުޅެން އަރައި، ކަލްކަތާ އިން ވަނީ، 10.3 އޯވަރުގެ ތެރޭގައި 114 ލަނޑު ހަދައިގެން މެޗު ނަގާފައެވެ.

ކަލްކަތާއިން މި ފަހަރުގެ ކެމްޕެއިންގައި 16 މެޗު ކުޅުނުއިރު ބަލިވީ އެންމެ ތިން މެޗުންނެވެ. ލީގު ބުރުގެ ޗެމްޕިއަންކަންވެސް ހޯދީ ކަލްކަތާއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް