އެތަން އެންމެ ފުރަތަމަ ހަރުގެއެއްގެ ގޮތުގައި ބޭނުންކުރަން ފެށީ އިދިކޮޅު އެމްޑީޕީންނެވެ. އެ ޕާޓީން އެތަން ވަރަށް ގިނަ ދުވަހު ބޭނުންކޮށްފައިވެއެވެ. އެހެންނަމަވެސް ރައީސް ސާލިހާއި ރައީސް ނަޝީދާ މިދިޔަ ވެރިކަމުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު އެތަން ވަނީ އެމްޑިޕީން އަތުލިއެވެ.
ސަބަބަކީ އެމްޑީޕީ ހަރުގެ ހިންގި ހ. ވެޔޮވިލާ، އިމާރާތަކީ ޑިމޮކްރެޓްސްއަށް ނިސްބަތްވެ ވަޑައިގަންނަވާ ޝަފިއްޔާ ޒުބައިރުގެ އިމާރާތަކަށްވުމުންނެވެ. އޭނާ އަކީ ރައީސްގެ ވަރަށް އަރިސް ބޭފުޅަކަށްވުމުން އޭނާ ވަނީ އެމްޑީޕީން އަތުން އެތަން އަތުލާ ދަ ޑިމިކޮރެޓްސްގެ ހަރުގެ ގޮތުގައި ބަދަލުކޮށްފައެވެ.
މިދިޔަ ދެ އިންތިހާބުގައި ޑިމޮކްރެޓްސްއަށް ލިބުނު ނާކާމިޔާބީއަށް ފަހު ހަރުގެ ހުސްކުރަން ފެށިއެވެ. އޭރު އެޕާޓީގެ އޮފިޝަލަކު ވިދާޅުވީ ހަރުގެ ހުސްކުރަނީ އިމާރާތެއް އެޅުމަށްޓަކައި ބިން ހުސްކުރަން ޖެހޭތީ ބިމުގެ ވެރިފަރާތުން އަންގައިގެންކަމަށެވެ.
އެހެންނަމަވެސް އެތަން މިހާރު ކުއްޔަށްދީފައިވަނީ ވެރިކަން ހިންގާ މައި ޕާޓީ ޕީއެންސީއަށެވެ. އެޕާޓީން އެތަން ކުއްޔަށް ނަގާފައިވަނީ 5 އަހަރަށްކަން އެނގިފައިވެއެވެ.
އެމްޑީޕީގައި އަދި ރައީސް ނަޝީދުގެ ވަރަށް އަރިސްކޮށް އުޅުއްވި ޝަފިއްޔާ ޒުބައިރު ފަހުން ގެންދެވީ ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ތާއީދު ކުރައްވަމުންނެވެ.