ads
20 ވަނަ ރައްޔިތުންގެ މަޖިލިސް
އެއްމަސް ދުވަހުގެ ތެރޭގައި މަޖިލީހުގެ އާ ގަވައިދު ހަދަނީ
މިއަދު ފެށި 20 ވަނަ ރައްޔިތުން މަޖިލީހުގެ ހިންގާ ގަވައިދު އެއްމަސްދުވަހުގެ ތެރޭގައު ނިންމަން މަޖިލީހުން ފާސްކޮށްފިއެވެ.
Advertisement

20 ވަނަ ރައްޔިތުން މަޖިލީހުގެ މެމްބަރުން ހުވާކުރުމަށްފަހު މިއަދު ވަނީ އާ ދައުރުގެ ޖަލްސާތައް ފަށާފައެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ނައިބު ރައީސް އަހްމަދު ނާޒިމެއެވެ. 

މަޖިލީސް ހިންގާނެ އުސޫލުތަކާއި ގަވައިދުތައް ކަނޑައަޅަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވަމުން ނައިބު ރައީސް ނާޒިމް ވިދާޅުވީ   އާ މަޖިލީހުން އެ ގަވައިދުތައް ކަނޑައަޅާ ނިމެންދެން މަޖިލީހުގެ މަސައްކަތް ހުއްޓަލާފައި ނުބޭއްވޭނެ ކަމަށެވެ. އެގޮތުން ނާޒިމް ވަނީ ދެ ހުށައެޅުމެއް ހުށައަޅާފައެވެ. އެއީ އާ ގަވައިދު އެކުލަވާލަން ދެން މިދިޔަ 19 ވަނަ މަޖިލީހުގެ ގަވައިދަށް އަމަލު ކުރުން ނޫނީ ވަކި ސުންގަޑިއެއް ހުށަހަޅާފައި، އެ ގަަވައިދަށް އަމަލުކުރަމުން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދިޔުމެވެ. 

މެމްބަރުންގެ އިއްތިފާގުން ފާސްވީ އާ ގަވައިދު ހެދެންދެން މިދިޔަ ދައުރުގައި އެކުލަވާލާފައިވާ ގަވައިދަށް އަމަލުކުރާށެވެ. އަދި އާ މަޖިލީހުގެ ގަވައިދު އެކުލަވާލުމުގެ މަސައްކަތް 26 ޖޫންގެ ނިޔަލަށް ނިންމުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި މަސައްކަތް ކުރަނީ މަޖިލީހުގެ އާއްމު ކޮމެޓިންނެވެ. 

މީގެ އިތުރުން މަޖިލީހުން މިއަދުވަނީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމާ ގުޅޭ ނިންމުންތަކެއްވެސް ނިންމާފައެވެ. އެގޮތުން 241 ކޮމިޓީ ނުވަތަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ ފިޔަވާ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާާ މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ މެމްބަރުންގެ އަދަދަކީ 11 ކަމަށްް ކަނޑައަޅާފައެވެ. 241 ކޮމެޓީގެ މެމްބަރުންގެ އަދަދަކީ 13 އެވެ. 

މި ނިންމުމާއި އެކު ކޮމެޓީތަކުގައި މެމްބަރުން ހިމަނަން ނަންތައް މަޖިލީހުގެ އިދާރާއަށް އަންނަ މަހުގެ 2 ގެ ކުރިން ފޮނުވުމަށް ސިޔާސީ ޕާޓީތަކާއި މިނިވަން މެމްބަރުންނަށް އެންގުމަށްވެސް މަޖިލީހުން މިއަދު ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް