ads
މޫސަ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި
ބެޑްމިންޓަން މޫސަގެ މައްސަލަތަކުގެ ހުކުމް މާދަމާ
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު، ދައުލަތާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލަތަކުގެ ހުކުމް މާދަމާ ކުރުމަށް ތާވަލުކޮށްފިއެވެ.

ދައުލަތާ ދެކޮޅަށް ބެޑްމިންޓަން މޫސަ ހުށަހެޅި މައްސަލަތަކަކީ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގައި ހިންގާފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގަކާ ގުޅިގެން، އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުއާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމުގެ އަމުރުތަކުގެ މައްސަލައެވެ. 

ކްރިމިނަލް ކޯޓުގެ މި އަމުރުތައް މޫސަގެ ފަރާތުން ހައިކޯޓަށް ހުށަހަޅައި، އެ ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް މިހާރުވަނީ ބާއްވާ ނިންމާފައެވެ. މާދަމާ އޮތީ މި މައްސަލަތަކުގެ ހުކުމް ކުރުމެވެ.

ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ ދެ އަމުރުގެ ދަށުން އޭސީސީން ފާސްކޮށްފައިވަނީ މއ. ވިލުވެލި ގްރައުންޑް ފްލޯއާއި އެ އިމާރާތުގެ އެއްވަނަ ފަންގިފިލާ އަދި އެ އިމާރާތުގެ ތިންވަނަ ފަންގިފިލާގެ ދެ އެޕާޓްމެންޓެކެވެ. މީހުން ހުއްޓުވައި ބަލައި ފާސްކުރުމުގެ އަމުރަކީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ ހިފަހައްޓައި ބެލުމުގެ އަމުރެކެވެ.

އޭސީސީން ތުހުމަތު ކުރި ގޮތުގައި މޫސަވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފަ އެވެ. މޫސަ ވަނީ ބެޑްމިންޓަން އެސޯސިއޭޝަން ހިންގުމުގައި އަދި އެތަނަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމުގައި އަމިއްލަ މަސްލަހަތު ފުށުއަރާ ފަދައިން އަމަލުތަކެއް ކޮށްފައި ކަމަށް އޭސީސީން ތުހުމަތު ކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް