ނާޒިމް ވިދާޅުވީ އިއްޔެ މަޖިލިސް ހުވާކުރުމަށްފަހު މި ކޮމެޓީ އެކުލަވާލަން ބޭނުންވިކަމަށެވެ. އެހެންނަމަވެސް އެކަން އެގޮތަށް ނުވީ ގެދޮރުވެރިކަމާބެހޭ އެކި ކަންކަމާއި ގުޅޭ ކަންކަން ބެލޭނެ ކޮމެޓީ މިވަގަތު މަޖިލީހުގައި އޮތުމުންކަމަށެވެ. ނާޒިމް އެ އިޝާރާތްކުރެއްވީ އިޖުތިމާއި ރައްކާތެރިކަމާއި ބެހޭ ކޮމެޓީއަށެވެ.
ނާޒިމް ވިދާޅުވީ ގެދޮރުވެރިކަމުގެ މައްސަލަތަކަށް ހާއްސަކުރާ ދާއިމީ ކޮމެޓީ އެކުލަވާލާނީ މަޖިލީހުގެ ގަވައިދަށް ގެންނަ ބަދަލުތަކާއި އެކުކަމަށެވެ. އެ މަސައްކަތުގެ ދަށުން އަންނަ މަސް ނިމުމުގެ ކުރިން މި ކޮމެޓި އެކުލަވާލާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
20 ވަނަ ރައްޔިތުން މަޖިލީހުގެ ހިންގާ ގަވައިދު އެއްމަސްދުވަހުގެ ތެރޭގައ ނިންމަން މަޖިލީހުން އިއްޔަ ވަނީ ފާސްކޮށްފައެވެ. އަދި އެހާތަނަށް އަމަލުކުރަމުންދާނީ މިދިޔަ ދައުރުގައި އެކުލަވާލާފައިވާ ގަވައިދަށް ކަމަށާއި އާ މަޖިލީހުގެ ގަވައިދު އެކުލަވާލުމުގެ މަސައްކަތް 26 ޖޫންގެ ނިޔަލަށް ނިންމުމަށްވެސް ވަނީ ފާސްކޮށްފައެވެ. މި މަސައްކަތް ކުރަނީ މަޖިލީހުގެ އާއްމު ކޮމެޓިންނެވެ.