ads
ވިޔަފާރި ފުރުސަތުތައް ހޯދަން އައިއޯރާ ބިޒްނަސް ކޮންކްލޭވްގައި ބީސީސީން ވަނީ ބައިވެރިވެފައި - ފޮޓޯ:ބީސީސީ
ވިޔަފާރި ފުރުސަތުތައް ހޯދަން އައިއޯރާ ބިޒްނަސް ކޮންކްލޭވްގައި ބީސީސީ
ދިވެހި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ހޯދުމަށް ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން އައިއޯރާ ބިޒްނަސް ކޮންކްލޭވް 2024 ގައި ބައިވެރިވެއްޖެ އެވެ.

ބީސީސީން ބުނީ އައިއޯރާ ބިޒްނަސް ކޮންކްލޭވްގައި ގައި ބައިވެރިވެފައި ވަނީ ރާއްޖޭން ބޭރުގެ އިންވެސްޓަރުންނާ ބައްދަލުކޮށް ދިވެހި ކުދި ވިޔަފާރިތަކަށް ރާއްޖޭން ބޭރުގައި ހުރި ފުރުސަތުތައް ދެނެގަތުމަށް ކަމަށެވެ.

އެކި ގައުމުތަކުގެ މުއައްސަސާތަކާއި އިންވެސްޓަރުންގެ އިތުރުން ވިޔަފާރި ކުންފުނިތައް އެއްތަންވެ، ތައާރަފު ވުމަށާއި ވިޔަފާރި އާ ގުޅުންހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމަށް މަގު ތަނަވަސްކުރުމުގެ ގޮތުން އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަނުން ބާއްވާ މި ކޮންކްލޭވުގައި އެ ކޯޕަރޭޝަނުގެ އެންމެ އިސްވެރިން ދަނީ ބައިވެރިވަމުން ކަމަށް ބީސީސީން ބުނެ އެވެ.

ސްރީ ލަންކާގެ ކޮލަމްބޯގައި ހުންނަ ޝަންގްރިއްލާ ހޮޓަލުގައި ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ކުރިއަށްދާ މި ކޮންކްލޭވުގައި އެ އެސޯސިއޭޝަނުގައި ހިމެނޭ 23 މެންބަރު ގައުމަކުންނާއި 12 ޑައިލޮގް ޕާޓްނަރުން ބައިވެރިވެ އެވެ.

ބީސީސީން ބުނެފައި ވަނީ މި ބިޒްނަސް ކޮންކްލޭވުގައި އެ ކޯޕަރޭޝަނުން ދަނީ އިންވެސްޓަރުންނާ ބައްދަލުކޮށް ދިވެހި ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުން ކަމަށެވެ. އަދި ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ރާއްޖޭގައި ކުރެވިދާނެ އިންވެސްޓްމަންޓްތައް ދެނެގަނެ އެފަދަ ފުރުސަތުތައް ފަހި ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް އެ ކޯޕަރޭޝަނުން ދަނީ މަޝްވަރާ ކުރަމުން ކަމަށް ބީސީސީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް