ads
ކ.ގުރައިދޫ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު
ގުރައިދޫ މަރުކަޒުގައި މީހުންނަށް ތިބެވޭނެ މުއްދަތު ކަނޑައަޅަނީ
ގުރައިދޫ މަރުކަޒަށް ގެންދާ މީހުންނަށް ފަރުވާދީ ރަނގަޅުވިޔަސް އާއިލާތަކުން އެ މީހުންނާ ހަވާލުނުވާ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ފަރުވާއަށް ފަހު މަރުކަޒުގައި ބޭތިއްބޭނެ މުއްދަތެއް ކަނޑައެޅުން ކަމަށް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
Advertisement

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު އިސްމާއިލް ވިދާޅުވީ، އެކި ކަންކަމާ ގުޅިގެން މަރުކަޒަށް ގެންދާ މީހުންނާ ފަހުން އާއިލާތަކުން ހަވާލުނުވުމުން، އިތުރު ނަފްސާނީ މައްސަލަތަކެއް ކުރިމަތިވާ ކަމަށެވެ. 

އާމިނަތު ވިދާޅުވީ، އެ މިނިސްޓްރީން ބެލިބެލުމުގައި އެންމެ މުހިންމު ކަމަކަށް ފާހަގަވީ އެ ތަނުގައި ތިބި މީހުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައިދޭން ޖެހޭ ކަމެވެ. 

އެ މީހުންނަށް ބޭނުންވާ އެނދާއި ސާފު ބޯފެން ތިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާމިނަތު ވިދާޅުވީ މިނިސްޓްރީން މިހާރު އަމަލުކުރަމުން އަންނަނީ "ޓްރީޓްމެންޓް ރިހިބިލިޓޭޝަން އެންޑް ރީއިންޓިގްރޭޝަން" މޮޑެލަށެވެ. އޭގެ ދަށުން ފަރުވާގެ ހުރިހާ ކަންކަމާއި އެ މީހުންނަށް ބޭނުންވާ ތަމްރީނުތަކާ އެކު ވަކި މުއްދަތެއް ވުމުން އާއިލާތަކާ ހަވާލުކުރުން ހިމެނޭނެ ކަމަށެ އެވެ.

"މިހާރު މިއަންނަނީ މަރުކަޒު އަލުން ރީ ޑިޒައިން ކުރަމުން އެގޮތުން މިދިޔަ ހަފުތާ ވަނީ ރީ އިންޓަގްރޭޝަން އަށް ނެރުމުގެ ކުރިން ފަރުވާ ދީ އެ މީހުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް ވޯޑެއް ހުޅުވާފައި މިދިޔަ މަހު ވަނީ ސިވިއާ ސައިކޭޓްރިކް ވޯޑެއް އަންނަ ހަފުތާގައި ފިރިހެނުންނަށް ހާއްސަ ވޯޑަކާއި ކުޑަކުދިންނަށް ހާއްސަ ވޯޑެއް ހުޅުވާނެ،" އާމިނަތު ވިދާޅުވި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ގުރައިދޫ މަރުކަޒުގައި މިވަގުތު ޖުމްލަ 221 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދަމުން އަންނަ 183 މީހުންނާއި އުމުރުން ދުވަސްވީ 31 މީހުންނާއި އެނދުމަތިވެފައިވާ 15 މީހުންނެވެ. 

މިދިޔަ އަހަރު ނޮވެމްބަރުން ފެށިގެން ފަރުވާ ފުރިހަމަ ކުރުމަށްފަހު އާއިލާތަކާ ހަވާލުކޮށްފައިވާ 15 މީހަކާއި ފަރުވާ ފުރިހަމަ ކުރުމަށްފަހު މުޖުތަމައުއަށް ނެރުމުގެ މަސައްކަތް ކުރާ 24 މީހެއް ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި، ހިމެނެނީ 10 އަންހެނުންނާއި 14 ފިރިހެނުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް