ads
ވެއިޒިން ޕޭ ބޭނުންކުރަން ފަސޭހަކުރަން އެމްއެމްޕީއާރުސީން ވީޗެޓް އާއެކު އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ:އެމްއެމްޕީއާރުސީ
ވެއިޒިން ޕޭ ބޭނުންކުރަން ފަސޭހަކުރަން އެމްއެމްޕީއާރުސީން ވީޗެޓް އާއެކު އެއްބަސްވުމެއް
ޗައިނާގެ ފަތުރުވެރިންނަށް ފަސޭހަކަމާ އެކު ފައިސާ ދެއްކުމަށް މަގުފަހިކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ވެއިޒިންޕޭ ތައާރަފުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ވީޗެޓް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

ތިން އަހަރު ދުވަހުގެ މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒިހުނީ ރަޝީދެވެ. ވެއިޒިން ޕޭގެ ފަރާތުން ސޮއިކުރެއްވީ ދެކުނު އިރުމަތީ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ވެއިޒިން ޕޭގެ ކަންޓްރީ މެނޭޖަރު، ސިންގަޕޫރު އަދި ރީޖަނަލް ޑިރެކްޓަރު، ސައުތުއީސްޓް އޭޝިއާ، ވީޗެޓް ޕޭގެ އެޓިއެން އޭންގް އެވެ.

މި އެއްބަސްވުމުގައި ވާގޮތުން އެމްއެމްޕީއާރުސީން ޗައިނާގެ ފަތުރުވެރިންނަށް ފަސޭހަކަމާ އެކު ފައިސާ ދެއްކުމުގެ ތަޖުރިބާ ހޯދައިދިނުމަށް ވެއިޒިންޕޭ ބަލައިގަތުމަށް ދިވެހި ވިޔަފާރިވެރިންނަށް އެއްބާރުލުން ދޭނެ އެވެ. އައިޓީބީ ޗައިނާގެ މި އަހަރުގެ އެޑިޝަންގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރަކީ ވިޒިޓް މޯލްޑިވްސް އެވެ.

ޒިހުނީ ވިދާޅުވެފައި ވަނީ ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ މުހިންމު މާކެޓްތަކުގެ ހިމެނޭ މާކެޓެއް ކަމަށާއި ޗައިނާއިން ޒިޔާރަތްކުރާ މީހުންގެ ތަޖުރިބާ ވަރަށް ބޮޑަށް ވަޒަންކުރާ ކަމަށެވެ.

"ޗައިނާގެ ފަތުރުވެރިންނަށް އެމީހުން ދަންނަ އަދި އިސްކަންދޭ ޕޭމަންޓް އޮޕްޝަން ފޯރުކޮށްދީ، ވެއިޒިން ޕޭ ބަލައިގަތުން މުޅި ގައުމުގައި އިޝްތިހާރު ކުރުމުގެ ވިސްނުން އެބަހުރި. އަޅުގަނޑުވެސް އިންޓަނޭޝަނަލް ކާޑެއް ލިންކްކޮށްގެން ޗައިނާއަށް ކުރަމުން މިދާ ދަތުރުގައި ވެއިޒިން ޕޭ ބޭނުންކުރަން. މި މޮބައިލް ޕޭމަންޓް އޮޕްޝަންގެ ފަސޭހަކަން އަޅުގަނޑު އަމިއްލައަށް ތަޖުރިބާކޮށްފިން،" ޒިހުނީ ވިދާޅުވި އެވެ.

your imageވެއިޒިން ޕޭ ބޭނުންކުރަން ފަސޭހަކުރަން އެމްއެމްޕީއާރުސީން ވީޗެޓް އާއެކު އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ:އެމްއެމްޕީއާރުސީ

ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވި ގޮތުގައި ވެއިޒިން ޕޭ ތައާރަފުކުރާތީ އުފާކުރައްވާ ކަމަށާއި މިއީ ރާއްޖެއަކީ ޗައިނާ ފަތުރުވެރިންގެ އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި ގާއިމުކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމުގަ އެވެ. މިހާރު ޗައިނާގެ ދަތުރުވެރިންނަށް އުނދަގުލަކާ ނުލައި ޕޭމަންޓްތައް ހެދުން ފަސޭހަވެއްޖެ ކަމަށާއި އެ ފަރާތްތަކުން ރާއްޖޭގައި ހޭދަކުރާ ޗުއްޓީ ތަޖުރިބާ މިކަމާ ގުޅިގެން އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

އެޓިއެން އޭންގް ވިދާޅުވީ ވެއިޒިން ޕޭ މިހާރު ދަނީ ރާއްޖޭގެ އެއާޕޯޓް ޑިއުޓީ ފްރީ ފިހާރައިގެ އިތުރުން ސަލާ ތައި އަދި ސިޓީ ގާޑަން ފަދަ މަޝްހޫރު ރެސްޓޯރެންޓްތަކުގައި ޕައިލެޓް ކުރަމުން ކަމަށެވެ. ރާއްޖޭގެ ރިސޯޓު އަދި ހޮޓަލްތަކުގެ ތެރެއިން ވެއިޒިން ޕޭ ބޭނުންކުރާ ތަންތަނުގެ ތެރޭގައި ޖެން މޯލްޑިވްސް މާލެ ބައި ޝަންގްރިއްލާ، އަދާރަން ސިލެކްޓް ހުދުރަންފުށި، އަދާރަން ކްލަބް ރަންނާޅި، އަދާރަން ޕްރެސްޓިޖް ވާދޫ، އަދާރަން ޕްރެސްޓިޖް ވޯޓާ ވިލާސް، ވެލާ ޕްރައިވެޓް އައިލެންޑް، ޝެވަލް ބްލަންކް ރަންދެލި ޕްރައިވެޓް އައިލެންޑް، ދަވާ އިހުރު މޯލްޑިވްސް، އަޔާޑާ މޯލްޑިވްސް، މެރިއޮޓް ބޮންވޯގެ ދަށުން ހިންގަމުން އަންނަ ރިސޯޓުތައް، ބަނިއަން ޓްރީ ވަބިންފަރު، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް، އަންގްސާނާ ވެލާވަރުގެ އިތުރުން އަންގްސާނާ އިހުރު ހިމެނެ އެވެ. މި އިނީޝިއޭޓިވްގެ ދަށުން ޕޭމަންޓް އޮޕްޝަން އިންޓަގްރޭޓް ކުރާ 8،000 އަށް ވުރެ ގިނަ މާޗަންޓުން މުޅި ރާއްޖޭގައި ތިބޭނެ ކަމަށް ބެލެވެ އެވެ.

"ވެއިޒިން ޕޭއަކީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަކަމާ އެކު ފައިސާ ދެއްކުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއް. ވިސާ އެކްސްޕެންޝަން ޕޮލިސީއަށް އަމަލުކުރަން ފެށި ފަހުން، ވެއިޒިން ޕޭ ބޭނުންކުރާ ގިނަ ބަޔަކު ވަނީ ރާއްޖެއަށް ދަތުރުކުރަން ހިޔާރުކޮށްފައި. ވިޒިޓް މޯލްޑިވްސް އާ ގުޅިގެން އަޅުގަނޑުމެންގެ އަމާޒަކީ ޗައިނާ މީހުން އަމިއްލަ ރަށުގައި ތިބެގެން ތަޖުރިބާ ކުރާ ފަދަ ފަސޭހަ ތަޖުރިބާއެއް ރާއްޖެއަށް ކުރާ ޗުއްޓީގައި ވެސް ހޯދައިދިނުން،" އެޓިއެން ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އާއި ޗައިނާ އާ ދެމެދު ސޮއިކުރި އެގްރީމަންޓް އޮން މިއުޗުއަލް އެކްސްޕެކްޝަން އޮފް ވިސާ ރިކުއަމަންޓްސްއަށް އަމަލުކުރަން ފެށީ ޗައިނާއިން ވިސާ ފްރީ ސިޔާސަތު އިތުރު ގައުމުތަކަށް ފައިދާވާ ގޮތަށް ފުޅާކުރަމުން ދަނިކޮށެވެ. އެކަމުން މޭޑޭ އާއި ގައުމީ ދުވަހުގެ ޗުއްޓީ ފަދަ މަގުބޫލު ދަތުރުތަކުގައި ޗައިނާގެ ފަތުރުވެރިން އެންމެ ގިނައިން ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފަ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރު 1.8 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންނަށް ރާއްޖޭން މަރުހަބާ ކިޔާފައިވާއިރު، މިއީ ގައުމީ އާ ރެކޯޑެކެވެ. ޗައިނާ މާކެޓަކީ މިހާރު ރާއްޖޭގެ ޓޮޕް ސޯސް މާކެޓެވެ. މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 91،073 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް