ads
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާން: އޭނާ ވިދާޅުވީ އިޒްރޭލަކީ ހަމައެކަނި ގާޒާ އަށް އޮތް ނުރައްކަލެއް ނޫން ކަމަށް
އިޒްރޭލަކީ ހަމައެކަނި ފަލަސްތީނުގެ ގާޒާ އަށް އޮތް ނުރައްކަލެއް ނޫން: އުރުދުގާން
އިޒްރޭލަކީ ހަމައެކަނި ފަލަސްތީނުގެ ގާޒާ އަށް އޮތް ނުރައްކަލެއް ނޫން ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ވިދާޅުވެއްޖެ އެވެ.

ރަފަހްގެ ފޭލިގެތަކަށް ޔަހޫދީ ފައުޖުން ދިން ރަހުމު ކުޑަ ހަމަލާއާ ގުޅިގެން އިސްރާއީލަށް ވަނީ މުޅި ދުނިޔޭގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި, އެ ހަމަލާ ކުށްވެރިކޮށް އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވެސް ބާއްވާފައިވެ އެވެ.

ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ދެއްވި ތަގުރީރެއްގައި އުރުދުގާން ވިދާޅުވީ އިޒްރޭލުން އެންމެންގެ ކުރިމަތީގައި ގަތުލްއާންމެއް ހިންގާއިރު އ.ދ އަށް ވެސް އެކަން ހުއްޓުވަން ކުރެވުނު ކަމެއް ނެތް ކަމަށެވެ. 

އަދި ހުޅަނގުގެ ގައުމުތަކުން ވެސް ހިމޭނުން ތިބޭތީ ކަންބޮޑުވުން ފާޅުކުރައްވަމުން އުރުދުގާން ވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ސަމިޓް (އޯއައިސީ)އިން ވެސް އިޒްރޭލުގެ ޖަރީމާތައް ހުއްޓުވަން އެދެވޭ ފިޔަވަޅުތައް އަޅާނީ ކޮން އިރަކުތޯ ސުވާލުކުރައްވާފަ އެވެ.

"އިޒްރޭލަކީ ހަމައެކަނި ފަލަސްތީނުގެ ގާޒާ އަށް އޮތް ނުރައްކަލެއް ނޫން، އެއީ މުޅި އިންސާނިއްޔަތަށް ވެސް އޮތް ނުރައްކަލެއް.." އުރުދުގާން ވިދާޅުވި އެވެ.

އިޒްރޭލުން ގާޒާގައި ގަތުލްއާންމެއް ހިންގާއިރު، އެގައުމުން ބައިނަލްއަގުވާމީ ގާނޫނުތަށް ބޯނުލަނބާ ނަމަ އެއްވެސް ގައުމަކަށް ސަލާމަތެއް ނެތް ކަމަށްވެސް އުރުދުގާން ވިދާޅުވި އެވެ. އަދި ވިދާޅުވީ އިޒްރޭލުން ރަފަހް ސިޓީ އަށް ދިން ހަމަލާއިން ފެންނަ ފޮޓޯތައް "ހިތްދަތި" އަދި "ބިރުވެރި" ކަމަށެވެ.  

އުރުދުގާން މިހެން ވިދާޅުވިއިރު ގާޒާއަށް ކުރިމަތިވެފައި އޮތް އިންސާނީ ކާރިސާ އިތުރަށް ގޯސްވެދާނެކަމަށް ބުނެ ބައިނަލްއަގްވާމީ ގިނަ ފަރާތްތްތަކަކުން ވަނީ އެތައް އިންޒާރެއް ދީފަ އެވެ. 

މީގެ ހަ މަސް ކުރިން ގާޒާގައި އިޒްރާއީލް އަސްކަރީ ސިފައިން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 36,150އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, އިޒްރާއީލް އަސްކަރީ ސިފައިން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެ އެވެ. އަދި, ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 81,926އަށް އުފުލިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް