ރާއްޖެއަށް ލިބުނު 1000 މީހުންގެ މިފަހަރު ހައްޖަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަނުންނެވެ. ރާއްޖޭގެ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ 3 ގްރޫޕަކަށްް ބަހާލައިގެންނެވެ. ފުރަތަމަ ހައްޖުވެރިން ފުރާނީ މާދަމާއެވެ. މާދަމާ 298 ހައްކުވެރިޔަކު ފުރާނެކަމަށް ހައްޖު މިޝަނުން ބުނެއެވެ.
ހައްޖުވެރިން ފުރުމަށްް ހަމަޖެހިފައިވާގޮތް
- 31 މޭ (ހުކުރު ދުވަހު) 298 ހައްޖުވެރިން
- 3 ޖޫން (ހޯމަ ދުވަހު) 353 ހައްޖުވެރިން
- 7 ޖޫން (ހުކުރުދުވަހު) 339 ހައްޖުވެރިން
މިއަހަރުވެސް ހައްޖުވެރިންނާއި އެމީހުންގެ އާއިލާތައް އެއާޕޯޓަށް ދިޔުމަށް ބަހުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. 3 ރޫޓަކުން ބަސް ދަތުރުކުރާނެކަމަށް ދިވެހި ހައްޖު މިޝަނުން ބުނެއެވެ. މިގޮތުން ކަނޑައަޅާފައިވާ ރޫޓްރަކީ ވެސްޓުޕާކުން ފަށައިގެން އަމިނީމަގު ދަތުރުކުރާ ރޫޓަކާއި މަޖީދީމަގުން ދަރުތުކުރާ ރޫޓަކާއި އޯކިޑްމަގާއި ސޯސަންމަގު ހިމެނޭ ގޮތަށް ދަތުރުކުރާ ރޫޓެކެވެ.
އަމީނީމަގު ރޫޓް، މީހުން އަރުވަން ހުއްޓާ ތަންތަން
- ވެސްޓް ޕާކް / 10:30
- އިސްކަންދަރުކޮށި / 10:45
- ރެހެންދި ފްލެޓް 1 / 10:50
- ފުރުގާން މިސްކިތް ކައިރި /10:55
- ސްޓެލްކޯ / 11:00
- ކަލާފާނު ސްކޫލް / 11:10
މަޖީދީމަގު ރޫޓް، މީހުން އަރުވަން ހުއްޓާ ތަންތަން
- ޒިއޯން މޮބައިލް / 10:30
- ކަލާ ބޭންކް / 10:35
- ޒިއޯން މޮބއިލް 4 / 10:45
- ވިލާ މާޓް /10:55
- ހުދުމާ / 11:05
- ސޮނީސްޕޯޓްސް / 11:10
- ގަލޮޅު ދަނޑު / 11:20
- މަސްޖިދުއް އާދިލް (ދެބުރި މިސްކިތް) / 11:25
- ޕިއްޒާ ބޯނާ / 11:30
- ޓީޓީ އެސޯސިއޭޝަން / 11:35
އޯކިޑްމަގާއި ސޯސަންމަގާއި އަމީރުއަހްމަދު މަގު ރޫޓް، މީހުން އަރުވަން ހުއްޓާ ތަންތަން
- ރެޑް ސްޓާ ޝޯރޫމް / 10:30
- ޕޮއިންޓެން ފާމަސީ / 10:35
- ވެލާނާގެ / 10:45
- ސޯސަންމަގު ބަސް ޕޮއިންޓް /10:55
- ވީޓީވީ / 11:00
ހައްޖު މިޝަނުން ބުނީ ބަސްދަތުރުގެ ހަމަޖެހިފައިވާ ގަޑީގެ 15 މިނެޓް ކުރިން ހައްޖުވެރިން ބަސްހުއްޓާ ތަންތަނަށްް ދިޔުމަސް އެދިފައެވެ. މިއަހަރު ރާއްޖެއިން ހައްޖަށްްދާ 1000 މީހުންގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި ގެންދާ ފަގީރުންނާއި މިސްކީނުން ހިމެނެެއެވެ. އެގޮތުން ސަރުކާރު ހަރަދުގައި 50 މީހެއްގެ ހައްޖުގެ ކަންކަން ވަނީ ހަމަޖައްސާދީފައެވެ.