ads
ހަންކެޑެ ތަރައްޤީކުރުމަށް ބިން ހިއްކާ އެޅި ބްރިޖުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ
ހަންކެޑެ ބްރިޖު ޖުލައި މަހު ހުޅުވާލަނީ
އިންޓަގްރޭޓެޑް ޓްއަރިޒަމަށް އައްޑޫ ހަންކެޑަ ތަރައްޤީކުރުމަށް ފެށި މަޝްރޫއުގައި ހިމެނޭ ބްރިޖުގައި މަސައްކަތް ނިންމާ އަންނަ ޖުލައި މަހު ހުޅުވާލާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.
Advertisement

ހަތަރު ލޭންގެ މި ބްރިޖުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ އޭޕްރިލް 16 ވަނަދުވަހުއެވެ. މި މަޝްރޫޢުގައި ދެ ބްރިޖާއި ތިން އެމްބޭންކްމަންޓްސް ހިމެނެއެވެ. މި ލިންކް ރޯޑުގެ ދިގުމިނުގައި 1.463 ކިލޯމީޓަރެވެ. 

ކޮންސްޓްރަކްޝަން މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވުޒާރާގެ ވޒީރު އަބްދުﷲ މުއްތަލިބް ވިދާޅުވީ ހަންކެޑެ ބްރިޖުގެ މަސައްކަތް ޖުލައި މަހު ނިންމާ ހިދުމަތަށް ހުޅުވާލާނެކަމަށެވެ. 

ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކޮށް 8000 އެނދު ތަރައްޤީކުރުމަކީ މިދިޔަ ސަރުކާރުގެ ވައުދެކެވެ. އަދި މި މަސައްކަތުގެ ދަށުން މި މަޝްރޫއު ހިންގުމަށްް މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުން (އެމްއެފްްއެމްސީ) އިން ޗައިނާގެ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ. 

ހަންކެޑެ ތަރައްޤީކުރުމަށްޓަކައި އެރަށުގެ ތެރެއިން އެއްބައި ލިންކްރޯޑުގައި އޮތުމުން، އޭގެ ބަދަލުގައި ރަށުގެ ހުޅަނގު ފަރާތުން ބްރިޖަކުން މަރަދޫއާއި ގުޅުވާލުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށާ އެ މަސައްކަތް ވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ނިންމާލާފައެވެ. 

އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މިދިޔަ ސަރުކާރުގައި ނިންމައި ސޮއިކުރި އައްޑޫ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުން މި ސަރުކާރުން އިފްތިތާހުކުރީ މިމަހުގެ 15 ވަނަދުވަހުއެވެ.  

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންޤިގިލާބީ ބަދަލެއް ގެނުވައިދިނުމުގެ އިތުރުން، އައްޑޫސިޓީ ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުމެވެ. މިއީ 142.9 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ.

މި މަޝްރޫއުއާއެކު އައްޑޫގައި 1,500 ވަޒީފާ އުފެދޭނެ ކަމަށް އެމްއެފްއެމްސީން ލަފާކުރެ އެވެ. މިއީ 25,000 ޓޫރިސްޓުންނަށް އަމާޒުކޮށް ހިންގާ މަޝްރޫއުއެކެވެ.

ރިއަލް އެސްޓޭޓުގެ ބޭނުމަށް ކަނޑައަޅާ ސަރަހައްދުތަކުގެ ބިން ހިއްކުމާއި، ކުއްޔަށް ދިނުމުގެ ކަންކަން ބަލަހައްޓަނީ އެމްއެފްއެމްސީންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް