ads
މިޝްކަތު އަދި އަންކިތާ--
ގިނަ އަދަދެއްގެ ތަރިން އުޅޭ އިމާރާތަކުން މީހަކު ކޮރޯނާއަށް ޕޮޒިޓީވްވެ މުޅި އިމާރާތް ބަންދުކޮށްފި
ބަތަލާ އަންކިތާ ލޮކާންޑޭ އާއި އަދި ވެސް އިތުރު ގިނަ ތަރިންތަކެއް ދިރިއުޅޭ އިމާރާތެއްގައި އުޅޭ މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެ، އެ އިމާރާތް ބަންދުކޮށްފި އެވެ.
Advertisement

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކުރާ ގޮތުގައި ކޮރޯނާ ވައިރަހަށް އެ އިމާރާތުން ޕޮޒިޓިވްވި މީހާއަކީ މި ބަލި ދެ ވަނައަށް އެންމެ ގަދަޔަށް ފެތުރެމުންދާ ސްޕެއިނުން އެނބުރި އައި މީހެކެވެ. އެގޮތުން މިދިޔަ މަހުގެ އައި އެމީހާ ގެއަށް ފޮނުވާލީ، އެއާޕޯޓްގައި ހެދި ޓެސްޓުން ބައްޔަށް ނެގެޓިވްވުމުންނެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި، މި މީހާ، ގެއަށް ފޮނުވާލީ 15 ދުވަހު، ސެލްފް ކަރަންޓީނުގައި ހުރުމަށް އެންގުމަށް ފަހު އެވެ. މި މީހާގެ ގައިން ބަލީގެ އަލާމާތް ފެނުނީ 12 ވަނަ ދުވަހު އެވެ. އެއާއެކު އޭނާގެ އިތުރުން އަންހެނުން ވެސް ބައްޔަށް ޓެސްޓް ހެދިއިރު ފިރިހެން މީހާ ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެކަމަކު އޭނާގެ އަންހެނުން މި ބައްޔަށް ނެގެޓިވް އެވެ. 

މި ބަލި މީހާ އުޅުން އިމާރާތަކީ މުމްބާއީގެ އުތުރުގައި އޮންނަ މަލާދުގައި ހުންނަ އިމާރާތެކެވެ. މިތަނުގައި އަންކިތާގެ އިތުރުން ޓީވީ ތަރި، އަޝިތާ ދާވަން އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ޝައިލޭޝް ގުލަބާނީ އަދި ނަތާޝާ ޝަރްމާ އާއި އޭނާގެ ފިރިމީހާ އަދިތުޔާ ރެޑިޖްގެ އިތުރުން މަޝްހޫރު ތަރި، މިޝްކަތު ވަރްމާ ވެސް އުޅެމުންދެ އެވެ.

މި އިމާރާތްތައް މީހުން، ވަދެ ނިކުމެ އުޅުން މިހާރު ވަނީ މަނާކުރެވިފަ އެވެ. އެކަމަކު ބައްޔަށް ޕޮޒިޓިވްވި މީހާ ހުރީ ކަރަންޓީން ފެސިލިޓީއެއްގަ އެވެ. އަދި އޭނާއާ ކޮންޓެކްޓްވި މީހުން ވެސް ޓެސްޓް ހަދާފައިވާއިރު މި އެންމެން ވެސް ބައްޔަށް ނެގެޓިވް އެވެ.

އެގޭގައި އުޅޭ ތަރިން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެމީހުންގެ ހާލު ރަނގަޅު ކަމަށާއި ފުލުހުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށްފަ އެވެ.

21%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް