ޕާކިސްތާނުގެ ފުޓްބޯޅަ މުޅިން ބަދަލު ކޮށްލުމުގެ އުއްމީދުގައި ޕާކިސްތާނު ފުޓްބޯޅަ ލީގު—ީއެފްއެލްގެ ނަމުގައި މުޅިން އާ ލީގެއް އަންނ ހަފްތާގައި ފަށަން އަންނަނީ މިހާރު ތައްޔާރުވަމުންނެވެ. އަވައްޓެރި ޕާކިސްތާނުގެ ފުޓްބޯޅަ މުޅިން ބަދަލުކޮށްލުމުގެ އުއްމީދީ ޕްލޭނާއެކު، ޕާކިސްތާން ފުޓްބޯޅަ ލީގު (ޕީއެފްއެލް) ފަށާނީ ޖޫން މަހުގެ ހަތަރުވަނަ ދުވަހުއެވެ.
އަންނަ މަހު ޕީއެފްއެލް ފަށާއިރު، މި ލީގުގެ އެމްބެސެޑަރަކަށް ކަނޑައަޅާފައިވަނީ އިގިރޭސި ތަޖުރިބާކާރު ފޯވާޑް މައިކަލް އޮވެންއެވެ. ލާހޯރުގައި ޕީއެފްއެލް ލޯންޗް ކުރާއިރު 25 އަށް ވުރެ ގިނަ މެންބަރުންގެ ބޭރުގެ ވަފުދެއް ބައިވެރިވާއިރު، މި ވަފްދު ލީޑު ކުރާނީ ލީގުގެ އެމްބެސަޑަރު އޮވެންއެވެ.
އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި މި އިވެންޓުގައި އެތްލެޓިކޯ މެޑްރިޑްގެ ވެރިންގެ ފަރާތުންވެސް ވަފުދެއް ބައިވެރިވާނެއެވެ. އެތްލެޓިކޯއިން މީގެ ކުރިންވެސް ޕާކިސްތާނުގައި ފުޓްބޯޅަ ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔައެވެ. އެއީ 2016 ވަނަ އަހަރުން 2020 ވަނަ އަހަރަށެވެ.
ޕީއެއެފްއެލްގެ އޯގަނައިޒާސް އިން ބުނާ ގޮތުގައި ޕީއެފްއެލް އިން ޕާކިސްތާނުގެ ހުރިހާ ހިސާބަކުން އެންމެ މޮޅު ފުޓްބޯޅަ ހުނަރުވެރިން އެއްތަނަކަށް ގެނެސް، ކުޅުންތެރިންނަށް ހުނަރު ދައްކާލުމަށާއި އެންމެ މަތީ ފެންވަރުގައި ވާދަކޮށް ހުވަފެންތައް ހާސިލް ކުރުމަށް ޕްލެޓްފޯމެއް ހުށަހަޅާނެ އެވެ. އެމީހުން ބުނާ ގޮތުގައި ޕީއެފްއެލް އަކީ ހަމައެކަނި ފުޓްބޯޅައެއް ނޫނެވެ؛ އެއީ މުޖުތަމަޢުތައް އެއްބައިވަންތަކުރުމާއި، ތަފާތުކަން ފާހަގަކުރުމާއި، ކުޅިވަރުގެ ހެޔޮ ސަގާފަތެއް ކުރިއެރުވުމެވެ. އެ ޓީމުގެ މިޝަނަކީ ޕާކިސްތާނުގެ ފުޓްބޯޅައިގެ ކުޅިވަރުގެ އިކޯސިސްޓަމް ބަދަލުކޮށްލުމެވެ.