ބީއެމްއެލުން މިއަދު ބުނީ މާފުށި ބްރާންޗުން ފަރުދުންނަށާއި ވިޔަފާރިތަކަށް ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ބްރާންޗުން ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުމާއި ލޯނު އަދި ފައިނޭންސިނަށް އެދި ހުށަހެޅުމާއި ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތާއި ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ އާ ހިދުމަތްތަކެއް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.
ބީއެމްއެލުން ބުނެފައި ވަނީ މި ހިދުމަތްތަކުގެ އިތުރުން އެ ބްރާންޗްގައި ގާއިމުކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާ އަދި ފައިސާ ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.
ބީއެމްއެލުން ބުނި ގޮތުގައި މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 38 ބްރާންޗް، 86 ސެލްފްސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް އަދި 200 އަށް ވުރެ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު އެ ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގަ އެވެ.