ads
ޗައިނާގެ ސަފީރާއި ރައްޔިތުން މަޖިލީހުގެ ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން
ޗައިނާ ސަފީރު, މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް އަބްދުﷲ އާ ބައްދަލުކުރައްވައިފިއެވެ.
Advertisement

މި ބައްދަލުވުން އޮތީ ރައްޔިތުން މަޖިލީހުގެ އިދާރާގައެވެ. މި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މަޝްވާރާ ކުރި ކަންކަމުގެ ތަފްސީލެއް މަޖލީހުގެ އިދާރާއަކުން ހާމައެއް ނުކުރެއެވެ. 

ޗައިނާގެ ސަފީރު ވަނީ މިދިޔަ 20 ވަނަ ރައްޔިތުން މަޖިލީހަށް އިންތިހާބުވި ސަރުކާރުގެ މެމްބަރުންނާއިވެސް މީގެ ކުރިން ވަކިވަކިން ބައްދަލުކުރައްވާފައެވެ. 

ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ އޭޝިއާ އެންޑް ދަ ޕެސިފިކްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މިސް ޕައުލާ ޕަމްޕަލޯނީ،ވެސް މިއަދު ވަނީ  ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަޙީމް އަބްދުﷲ އާ ބައްދަލުކުރައްވައެވެ. މި ބައްދަލުވުމުގައިވެސް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ބައިވެރިވެވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް