ads
ގުޅީފަޅަށް ގޯތި ބަދަލުކުރަން ހުށަހެޅި މީހުންގެ ގުރުނެގުން ކުރިޔައްދަނީ - ފޮޓޯ: ހައުސިން މިނިސްޓްރި
ގުޅީފަޅަށް ގޯތި ބަދަލުކުރަން ހުށަހެޅި މީހުންގެ ގުރުނެގުން ފަށައިފި
ގުޅީފަޅަށް ގޯތި ބަދަލުކުރަން ހުށަހެޅި މީހުންގެ ގުރުނެގުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ފަށައިފި އެވެ.

މި ފުރުސަތަކީ ކުރީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1،347 ގޯތި ގުޅީފަޅަށް ބަދަލު ކުރަން ސަރުކާރުން ހުޅުވާލި ފުރުސަތަކެވެ. 

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިން:

  • 1250 އަކަފޫޓުގެ 193 ގޯތި
  • 1650 އަކަފޫޓުގެ 683 ގޯތި
  • 2050 އަކަފޫޓުގެ 487 ގޯތި
  • 2450 އަކަފޫޓުގެ 4 ގޯތި 

މި ގުރުނަގަން ފަށާފައި ވަނީ، މެންދުރު 12:00 ގައެވެ. ގުރުނެގުން ކުރިޔައްދަނީ ދަރުބާރު ގޭގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް