ads
މަސްއޫދު ސްރީ ލަންކާގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތު.--
މަސްއޫދު، ސަފީރު ކަމުގެ ފަތްކޮޅު ލަންކާ ރައީސް ރަނިލް އަށް އަރުވައިފި
ރާއްޖެ އިން އަވައްޓެރި ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރު މ. ތުޅާގިރި، މަސްއޫދު އިމާދުގެ މަގާމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް އަރުވައިފި އެވެ.
Advertisement

މަސްއޫދުގެ ސަފީރުކަމުގެ ފަތްކޮޅު ރަނިލް އަށް އެރުވުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ކޮލޮމްބޯގައި ހުންނަ ރައީސްގެ ގެކޮޅުގަ އެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މިސްރުގެ އަޒުހަރު ޔުނިވަސިޓީން ކިޔަވާ ވިދާޅުވި މަސްއޫދު ހަމަޖެއްސުމަށް ނިމުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

މަސްއޫދު އިމާދުގެ މަގާމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް އެރުއްވިއިރު، ދިވެހި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު ގެންދަވަނީ ލަންކާއަށް ރަސްމީ ދަތުރެއް ކުރައްވަމުން ނެވެ. މި ދަތުރުފުޅުގެ ތެރެއިން ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާއެކު ޒަމީރު މިއަދު ވަނީ ރަސްމީ ބައްދަލުކުރެއްވުމެއް ކުރިއަށް ގެންދަވާފަ އެވެ.

ލަންކާގެ ފޮރިން މިނިސްޓަރާ އެކު ބޭއްވި ރަސްމީ ބައްދަލުވުމުގައި، ވިޔަފާރި އާއި އިންވެސްޓުމެންޓުގެ ދާއިރާ އިން ދެ ގައުމުން ގުޅިގެން އިތުރަށް މަސައްކަތް ކުރުމަށް ވެސް މަޝްވަރާ ކުރެއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް