ads
ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހައްޖުވެރިޔަކު ފުރުމުގެ ކުރިން އާއިލާއާއި އެކު އެއާޕޯޓްގައި
ސަރުކާރުގެ ހަރަދުގައި ހައްޖަށްދާ މީހުން މާދަން ފުރާނެ
ސަރުކާރުގެ ހަރަދުގައި މިއަހަރު ހައްޖަށް ގެންދާ މީހުންގެ މާދަމާ ފުރާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
Advertisement

އަމިއްލަ ހަރަދުގައި ހައްޖަށް ދިޔުމުގެ ގާބިލުކަން ނެތް 1000 މީހުން ދައުލަތުގެ ހަރަދުގައި މި 5 އަހަރު ދުވަހުގެ ތެރޭގައި ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެކަމަށް ބޭނުންވާ އުސޫލު ސަރުކާރުން އެކުލަވާލާ މިއަހަރު 50 މީހަކު ހައްޖަށް ފޮނުވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެ 50 މީހުން ކަނޑައަޅާފައިވަނީ މިސްކީނުންނާއި ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ މެދުގައި ނެގި ގުރުއަތަކަށް ފަހުއެވެ.  

ރާއްޖެއަށް ލިބުނު ރަސްމީ ކޯޓާގައި ހިމެނޭ 1000 މީހުން މިފަހަރު ހައްޖަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަނުންނެވެ. ރާއްޖޭގެ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ 3 ގްރޫޕަކަށްް ބަހާލައިގެންނެވެ. ފުރަތަމަ ހައްޖުވެރިން ފުރާނީ މިއަދުއެވެ. 

ފުރަތަމ ގްރޫޕްގެ ހާޖީން ފުރީ މިދިޔަ މަހުގެ 31 ވަނަދުވަހުއެވެ. އެދުވަހު 298 ހާޖީއަކު ފުރިއެވެ. އޭގެތެރޭގައި އެހީތެރިންގެ ގޮތުގައި ދާ 26 މީހަކުވެސް ހިމެނެއެވެ. 355 ހާޖީންނާއިއެކު ދެވަނަ ގުރޫޕް މައްކާއަށް ދިޔައީ މިމަހުގެ 3 ވަނަދުވަހުއެވެ. ބާކީ ތިބި ހުރިހާ ހައްޖުވެރިން މާދަމާ ފުރާނެކަމަށް ދިވެހި ހައްޖު މިޝަނުން ވަނީ ބުނެފައެވެ. ހައްޖު މިޝަނުން ބުނީ އެއީ 339 ހާޖީންނެވެ. 

ރަސްމީކޮށް ދޭ 1000 ކޯޓާގެ އިތުރަށް މިފަހަރު ހައްޖަށް އިތުރު 150 މީހުންގެ ކޯޓާއެއް ސައުދީ ސަރުކާރުން ވަނީ ދީފައެވެ. އެއީ 150 މީހުންނެވެ. މި މީހުން ރާއްޖެއިން ފުރުމަސް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަދުވަހުއެވެ. 

މިހާރު ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 16 ވާ އާދިއްތަ ދުވަހެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް