އެމްޑަބްލިޔުއެސްސީގެ ގޯތިތެރެއިން ނަރުތަކެއް ވަގަށް ނަގަން އުޅުނު ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރީ، އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފަ އެވެ. މި މީހާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މި މީހާއަކީ މި ފަދަ ކުށްތަކުގެ ރެކޯޑް އޮންނަ މީހެކެވެ. މި މީހާއަކީ މާލޭން އުތުރުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ.