ads
ޑރ.އިޔާޒު---
ހައްޖަށް ފަގީރުން ފޮނުވުމުގެ ކަންތަކުގައި ޝަހީމާއި އިޔާޒުގެ ތަފާތު ހިޔާލު
ހައްޖު ވާޖިބުނުވާ ނިކަމެތިން ހައްޖަށް ފޮނުވުމަށް ބައިތުލް މާލުން ނުވަތަ ޒަކާތު ފައިސާ އިން ހަރަދު ކޮށްގެން ނުވާނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ޢިޔާޒް ވިދާޅުވުމުން އެކަމަށް ޑރ ޝަހީމް ރައްދުދެއްވައިފިއެވެ.
Advertisement

އަމިއްލަ ހަރަދުގައި ހައްޖަށް ދިޔުމުގެ ގާބިލުކަން ނެތް 1000 މީހުން ދައުލަތުގެ ހަރަދުގައި މި 5 އަހަރު ދުވަހުގެ ތެރޭގައި ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެކަމަށް ބޭނުންވާ އުސޫލު ސަރުކާރުން އެކުލަވާލާ މިއަހަރު 50 މީހަކު ހައްޖަށް ފޮނުވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެމީހުން ވަނީ ހައްޖަށް ފުރާފައެވެ.

މިކަމާއި ގުޅިގެން ޑރ އިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްޖުގެ އަޅުކަމަކީ އެކަމަށް ކުޅަދާނަކަން ލިބިގެންވާމީހާ ކުރަންޖެހޭ އަޅުކަމެއްކަމަށެވެ. އެހެންކަމުން ދައުލަތުގެ ހަރަދުގައި ފޮނުވަން ނުޖޭހޭކަމަށެވެ. 

" ނިކަމެތިން ޙައްޖަށް ފޮނުވުމަށް ބައިތުލް މާލުން ނުވަތަ ޒަކާތު ފައިސާ އިން ޚަރަދު ކޮށްގެން ނުވާނެ. ނަމަވެސް، ތަނަވަސްކަންހުރި ބޭފުޅަކު ހެޔޮހިތުން އޭނާގެ ޚަރަދުގައި ނިކަމެއްޗަކު ޙައްޖަށް ނުވަތަ ޢުމްރާ އަށް ފޮނުވުމުގައި މައްސަލަ އެއް ނެތް." ޑރ އިޔާޒު ވިދާޅުވިއެވެ.

މިވާހަކަތަކަށް ރައްދު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ވިދާޅުވީ ޒަކާތުގެ ފައިދާއިން ފަގީރުން ހައްޖަށް ހޭދަކުރުން ޝަރުއީ ގޮތުން މައްސަލައެއް ނޫންކަމަށެވެ. 

"މިކަމާ ގުޅިގެން ވެސް ނަފްރަތު އުފެދޭ ވާހަކަތައް އެބަދައްކާ. މި މީހުން ހައްޖަށް ފޮނުވަނީ ޒަކާތުގެ ފައިސާއިންނޭ. މިއީ ހައްޖު ވާޖިބުނުވާ ބަޔަކަށް ހައްޖުގެ ކިޔު ސިސްޓަމްގެ ތެރެއިން ނާޖައިސް ގޮތުގައި ޖާގަ ހޯދައިދިނިއްޔޭ. މި ގޮތަށް ވާހަކަތައް ފަތުރަމުންދަނީ. މިއީ ވަރަށް ހިތާމަވެރި ކަމެއް. އެފަދަ އެއްވެސް ކަމެއް ނުހިނގާ. ޒަކާތުގެ ފައިދާއިން ފަގީރުން ހައްޖަށް ހޭދަކުރުން ޝަރުއީ ގޮތުން މައްސަލައެއް ނޫން. އެހެން ނަމަވެސް ސަރުކާރުން މިކަން ކުރަނީ ދައުލަތުގެ ހަރަދުގައި." ޝަހީމް ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވި 50 މީހުންގެ  ތެރެއިން އަތޮޅުތެރޭ ތިބި ފަރާތްތައް މާލެ ގެނައުމާއި ކެއުމާ ބުއިމުގެ ހަރަދު އަދި ހައްޖު ދަތުރު ނިމި އެނބުރި ރަށަށް ފޮނުވުމުގެ ހަރަދުވެސް ހަމަޖައްސާފައިވަނީ ދައުލަތުގެ ފަރާތުން ކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް