އީދު ބަންދަށް ބުރާސްފަތި ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި
އަލީ މިދުހަތު
07 ޖޫން 2024 - 21:38:51
ހިނގަމުން މިދާ ޖޫން މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ޖޫން މަހުގެ 20 ވަނަ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ބަލައިގެން ގިނަ އަދަދެއްގެ މުވައްޒަފުން އީދު ބަންދުގައި ރާއްޖޭން ބޭރަށާއި އަތޮޅުތަކަށް ދަތުރުކުރުމަށް ހަމަޖައްސާނެ ކަމަށެވެ.
އެހެންވެ، އީދު ބަންދަށްފަހު ސަރުކާރު ހުޅުވޭ ދުވަހެއް ގޮތަށް އެ ދުވަސް ހަމަޖައްސައިފިނަމަ ގިނަ މުވައްޒަފުންނަށް ދަތިވާނެ ކަމަށް ފެނިވަޑައިގަންނަވާތީ، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތަށް ރައީސް ހަމަޖައްސަވާދެއްވައިފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.
ކުރިން އޮތްގޮތުން 20 ވާ ބުރާސްފަތި ދުވަހަކީވެސް ބަންދު ދުވަހެއް ކަމަށްވާތީ ގިނަ އަދަދެއްގެ މުވައްޒަފުން އީދު ބަންދުގައި ރާއްޖޭން ބޭރަށާއި ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރުމަށް ހަމަޖައްސާނެތީ އީދު ބަންދަށްފަހު ސަރުކާރު ހުޅުވާ ދުވަހަކަށް 20 ވަނަ ދުވަސް ހަދައިފިނަމަ އެ ފަރާތްތަކަށް ދަތިވާނެ ކަމަށެވެ. އެހެންވެ، އެ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވީ" ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ސޮއިކުރައްވާފައިވާ ދެންނެވުމެއްގައިވެ އެވެ.
އެއާއެކު، އީދު ބަންދަށް ފަހު ސަރުކާރުގެ އޮފީސްތައް ހުޅުވާނީ، ކުރިން ވެސް ހަމަޖައްސާފައިވާ ގޮތަށް މި މަހުގެ 23 ވަނަ ދުވަހެވެ.
ކަލަންޑަރުގައި ކުރިން އޮތް ގޮތުން ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ އެވެ. އަދި އަރަފާތު ދުވަހަކީ މި މަހު 16 އެވެ. އަދި ބޮޑު އީދު ދުވަހަށް ވަނީ މި މަހު 17 އެވެ.
ނަމަވެސް ސައުދީ އަރަބިއްޔާއަށް ރޭ ހަނދު ފެނުމުން، ރާއްޖޭގައި ވެސް މިއަދަކީ ޛުލްހިއްޖާ މަހުގެ އެއް ވަނަ ދުވަސްކަމާއި އަރަފާތު ދުވަހަކީ އަންނަ ހަފުތާގެ ހޮނިހިރު ދުވަސް އަދި އަޟްހާ އީދަކީ އެއާ ޖެހިގެން އަންނަ އާދިއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް