ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވެފައި ވަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަޙައްދުގެ މުހިންމުކަމާ، އެކަނޑުތަކުގެ ޤުދުރަތީ ނަލަކަމާ، އެކަނޑުތަކުގައިވާ ރޯއްޖާއި ހަޒާނާތަކަކީ، ދިވެހީންގެ ތިޔާގި އިގުތިސޯދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް މިއަހަރު ސަރުކާރުން ދަނީ ވަރަށް ކުލަގަދަކޮށް އެކި ސަރަހައްދުތަކުގައި ފާހަގަކުރަމުންނެވެ. އެގޮތުން ޑައިވް ހަރަކާތާއި މަސްރޭހާއި މޫދު ކުޅިވަރާއި ކުޑަކުދިންގެ ހަވީރެއް ވެސް މި ދުވަސް ފާހަގަކުރުމަށް ވަނީ ބާއްވައިފަ އެވެ.