ads
ފެނުން ދިރުން ކުރެހުމުގެ މުބާރާތް އިފުތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީން "ފެނުން ދިރުން" ކުރެހުމުގެ މުބާރާތް އިފުތިތާހުކޮށްފި
މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) ގުޅިގެން ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ފެނުން ދިރުން" ނަމުގައި ކުރެހުމުގެ މުބާރާތެއް އިފުތިތާހުކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މުބާރާތް އިފުތިތާހުކޮށްދެއްވީ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ. މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީ އާއި އެންސީއޭގެ އިސް ބޭފުޅުންގެ އިތުރުން އެމްޑަބްލިއުއެސްސީގެ ބޯޑް މެންބަރުންނާއި މެނޭޖްމަންޓް ޓީމުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މުބާރާތުގައި ބައިވެރިވާ ކުރެހުންތަކުން އެންމެ މޮޅު ތިން ކުރެހުމަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމެއް ލިބޭނެ ކަމަށެވެ. އެގޮތުން އެއް ވަނައަށް ހޮވޭ ފަރާތަށް 50،000 ރުފިޔާ، ދެ ވަނައަށް ހޮވޭ ފަރާތަކަށް 35،000 ރުފިޔާ އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 15،000 ރުފިޔާގެ އިނާމު ލިބޭނެ އެވެ. މީގެ އިތުުރުން އެންމެ މޮޅު ފަސް ކުރެހުމެއް ހޮވައި އެ ކުރެހުންތަކަށް ވެސް ފައިސާ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ފަސް ކުރެހުން ހޮވާނީ އާންމުންގެ މެދުގައި އެންމެ މަގުބޫލު ފަސް ކުރެހުމަށް ބެލުމަށް ފަހުގަ އެވެ.

އެމްޑަބްލިއުއެސްސީން ބުނެފައި ވަނީ "ފެނުން ދިރުން" ކުރެހުމުގެ މުބާރާތަށް އިންސާފު ކުރުމަށް ހަމަޖެހިފައި ވަނީ އެންސީއޭއިން އެކުލަވާލާފައިވާ ކުރެހުމުގެ ދާއިރާއިން ފުންނާބު އުސް ފަޑިޔާރުންގެ ޕެނަލަކުން ކަމަށެވެ.

your imageފެނުން ދިރުން ކުރެހުމުގެ މުބާރާތް އިފުތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:އެމްޑަބްލިއުއެސްސީ

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ވަނީ ހުޅުވާލެވިފަ އެވެ. މުބާރާތުގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަކުރުމާ އަދި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ލިބޭނެ އެވެ. މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް އާންމުންނަށް ދައްކާލުމަށް ނެޝަނަލް އާޓް ގެލަރީގައި ހާއްސަ މައުރަޒެއް ޖުލައި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

"ފެނުން ދިރުން" މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް އާންމުންނަށް ގަތުމަށް ހުޅުވާލައި، ކުރެހުންތައް ވިއްކުމުގެ ފުރުސަތު ވެސް އެ މައުރަޒުގައި ހުޅުވާލާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ކޮންމެ އާޓިސްޓަކަށް ކުރެހުމުގެ އަގުގެ 15 އިންސައްތަ ލިބޭނެ ކަމަށާއި ބާކީ 85 އިންސައްތަ ބޭނުން ކުރާނީ ކުރެހުންތެރިންގެ ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގަސް އިންދުމަށް ކަމުގަ އެވެ.

އެ ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް ފައިދާ ކުރުވާ ފަދަ ހަރަކާތްތައް ހިންގުން ކަމަށާ އަދި މި ފަދަ ހަރަކާތްތަކުން ފަރުދީ ޒިންމާ އިތުރުވެ ފަހި މާދަމައަކަށް މަގުފަހިވެގެން ދިއުން ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް