ads
ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގަތުމުން އެ ގައުމުގެ އެކްސްޓާނަލް އެފެެއާޒް މިނިސްޓްރީގެ ސެކްރެޓަރީ ޕަވަން ކަޕޫރު އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ:ރައީސް އޮފީސް
ރައީސް މުއިއްޒު އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ވަޑައިގެންފި އެވެ.
Advertisement

މި ރަސްމިއްޔާތަށް ރައީސް އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށެވެ.

ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން ރައީސަށް މަރުޙަބާ ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސެކްރެޓަރީ ޕަވަން ކަޕޫރާއި އިންޑިއާ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބްގެ އިތުރުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

ރައީސްގެ މި ދަތުރަކީ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

އިންޑިއާގެ ބޮޑުވަޒީރާއި ކައުންސިލް އޮފް މިނިސްޓާސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހިފައި ވަނީ މިއަދެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ހަރުކަށި ހިންދޫ ވަތަނީ ސިޔާސަތެއް ގެންގުޅުއްވާ މޯދީ އިންޑިއާގައި ބޮޑުވަޒީރުކަން ކުރައްވަމުންދަނީ 2014އިން ފެށިގެންނެވެ. މޯދީއަކީ ދުނިޔޭގެ މުސްލިމުންނާ މެދު ނަފުރަތު އުފެދޭ ގޮތަށާއި، އެގައުމުގެ އާބާދީގެ 14 ޕަސެންޓު ހިއްސާކުރާ މުސްލިމުންނަކީ ނުރައްކަލެއްގެ ގޮތުގައި ސިފަވާ ގޮތަށް ވާހަކަދައްކަވައި މުސްލިމުންގެ ހަސަދަވެރި އެކެވެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް