ads
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރައްވައިފި
ތިން ވަނަ ދައުރަކަށް މޯދީ ހުވާ ކުރައްވައިފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރައްވައިފި އެވެ.

މޯދީ ބޮޑުވަޒީރުކަމުގެ ހުވާ ލައިދެއްވީ ރަސްމީ ގެކޮޅުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑްރޯޕަދީ މުރްމޫއެވެ.

މޯދީ މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް މުއިއްޒުގެ އިތުރުން ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ސީޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖަގުނޯތާއި ނޭޕާލުގެ ބޮޑު ވަޒީރު ޕުޝްޕާ ކަމާލް ދަލާލު އަދި ބޫޓާނުގެ ބޮޑުވަޒީރު ޝެރިން ޓޮބްގޭ ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އިންޑިއާއާ ވާދަވެރި ޗައިނާ އާއި ޕާކިސްތާނުގެ އިސް ވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ 543 ގޮނޑީގެ ތެރެއިން، ބީޖޭޕީ ހިމެނޭ އެންޑީއޭއިން ވަނީ 293 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މޯދީ ނިސްބަތްވެވަޑައިގަންނަވާ ބީޖޭޕީއަށް ލިބިފައިވަނީ 240 ގޮނޑި އެވެ. މަޖިލީހުގެ އަޣުލަބިއްޔަތު 272 ގޮނޑިން ލިބެ އެވެ.

އެންޑީއޭއާ ވާދަވެރި "އިންޑިއާ" އަކީ ރާހުލް ގާންދީ ނިސްބަތްވެވަޑައިގަންނަވާ ނޭޝަނަލް ކޮންގްރެސްއިން ލީޑުކުރާ ކޯލިޝަނެވެ. ކޮންގްރެސްއަށް އިންތިޚާބުގައި ލިބިފައި ވަނީ 99 ގޮނޑިއެވެ. އިންޑިއާ ކޯލިޝަނަށް 232 ގޮނޑި ލިބިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް