ads
ދިވެހި އަމީރުލް ހައްޖު ޑރ. އިސްމާއިލް ޝަފީއުއާ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝެއިހް ލަތީފް
ހާޖީންގެ ހުރިހާކަމެއް އިންތިޒާމުކޮށްފައިވަނީ ވަރަށް ފުރިހަމަކޮށް: އަމީރުލްހައްޖު
ދިވެހި ހައްޖުވެރިންގެ ހުރިހާކަމެއް އިންތިޒާމުކޮށްފައިވަނީ ވަރަށްވެސް ފުރިހަމަކޮށްކަމަށް ދިވެހި ހައްޖާޖީންގެ މިއަހަރުގެ އަމީރުލް ހައްޖު ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް 1150 މީހުން ދެއެވެ. އޭގެތެރެއިން 1000 މީހުން މައްކާގައި ތިބިިއިރު ބާކީތިބި 150 މީހުން ފުރީ މިއަދުއެވެ. 

މިއަހަރުގެ ދިވެހި އަމީރުލް ހައްޖުގެ ގޮތުގައި ކަނޑައެޅުއްވި ﷲޑރ އިސްމާއިލް ޝަޕީއުވެސް މިއަދު ވަނީ ހައްޖަށް ފުރާވަޑައިގެންފައެވެ. އެއާޕޯޓްގައި ހުންނަވާ ވާހަކަދައްކަވަމުން އަމީރުލް ހައްޖު ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅުކަމަށެވެ. އަދި ދޭތެރެ ދޭތެރެއިން ހައްޖުވެރިންގެ މައުލޫމާތު ގެނެސްދެމުން ގެންދާނެކަމަށްވެސް ޝަފީއު ވިދާޅުވިއެވެ. 

" އުފާވެރި ހަބަރަކީ ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅޭ. އިންތިޒާމުތައް ރަނގަަޅުވެފައޭ ވަނީ. ހުރިހާ ކަމެއް އަަޅުގަނޑުމެން ތަރުތީބު ކޮށްފައިވާ ގޮތަށޭ މިދަނީ." މިއަހަރުގެ އަމީރުލް ހައްޖު ޝަފީއު ވިދާޅުވިއެވެ.

your imageދިވެހި ހައްޖާޖީންގެ މިއަހަރުގެ އަމީރުލް ހައްޖު ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު

ރާއްޖޭގެ ހައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުގައި ކަނޑައެޅުއްވި ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލު ޝަފީއުގެ އިތުރުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދެކަނބަލުންވެސް މިއަދު ހައްޖަށް ފުރާނެއެވެ. މީގެއިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ސައިހު މުހައްމަދު ލަތީފުވެސް ހައްޖަށް މިއަދޫ ފުރާނެއެވެ. 

މި އަހަރު ރާއްޖެއިން ހައްޖަށް ގެންދިޔުމަށް ލިބުނު 1000 ކޯޓާގެ އިތުރުން 150 މީހުންގެ ކޯޓާއެއް ވަނީ ދީފައެވެ.  މި ފަހަރުގެ ހައްޖުގައި ސަރުކާރުގެ ހަރަދުގައި ހިލޭ ހައްޖަށް ފޮނުވި 50 މީހުންވެސް ބައިވެރިވާނެއެވެ. މި އެންމެންވެސް މި ވަގުތު ތިބީ މައްކާގައެވެ. 

މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ ހޮނިހިރުދުވަހެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް