ފައްޔާޒު މިހެން ވިދާޅުވީ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
އިންތިހާބު ތަކަށްފަހު އެމްޑީޕީގެ އެކި ގުނަންތަކާއި ގިނަ ދުވަހު އެމްޑީޕީއަށް ހިދުމަތް ކުރި މީހުންނާއި އެކު ބައްދަލުވުންތައް ބާއްވައި އެ ބައްދަލުވުންތަކުން ލިބިފައިވާ ހިޔާލުތައް ފައްޔާޒު ރޭ ގައުމީ މަޖިލީހާ ހިއްސާކުރިމަށް އެޕާޓީން ބުނެއެވެ. އެގޮތުން ޕާޓިގެ ހިންގުންމަށްް ބަދަލުތަކެއް ގެންނަންޖެހޭކަން ފައްޔާޒު ވަނީ ފާހަގަކޮށްފައެވެ.
އެމްޑީޕީގެ ހިންގުމަށް ބަދަލު ގެނަން އެކުލަވާލާ މަގުޗާޓަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރު އަދި މިޝަން ރަނގަޅަށް ބަޔާންކުރެވިފައިވާ މުސްތަގުބަލުގެ ލީޑަރުން އުފައްދާނެ މަގުޗާޓަކަށް ހެދުމަށް ފައްޔާޒު ވަނީ އެދިވަޑައިގެންފައެވެ. އަދި, އެމްޑީޕީގެ ފިކުރަކީ ސިޔާސަތުތަކުގެ މައްޗަށް އެކުލެވޭ, މައިގަނޑު ދާއިރާތަކުގެ އެލައިންމެންޓް ފެންނަ އެމްޑީޕީއަށާއި އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުން އެމްޑީޕީއަށް ވޯޓު ދިނުން އިތުރުކުރާނެ ގޮތުގެ އިސްތިރާޖީ މަގުޗާޓަކަށް ހެދުމަކީ މުހިއްމުކަންވެސް ފައްޔާޒު ވަނީ ފާހަގަކުރައްވާފައެވެ.
މި މަސައްކަތް ކުރުމުގައި ގައުމީ މަޖިލީހުގެ މެމްބަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށާއި އަދި މި މަސައްކަތުގެ މައުލޫމާތު