ads
ސިފައިންނާއި ފުލުހުން އަމާން ބަލަހައްޓަނީ: ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް ބަޖެޓަށް ވުރެ 35 އިންސައްތަ އިތުރަށް ވަނީ ހޭދަކޮށްފައި - ފޮޓޯ:ސަން
ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް ކުރި ހޭދަ ބަޖެޓަށް ވުރެ %35 އިތުރު
މިދިޔަ އަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ 35 އިންސައްތަ އިތުރަށް ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް ހޭދަކޮށްފައިވާ ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.

އޮޑިޓު އޮފީހުން ނެރުނު މިދިޔަ އަހަރުގެ ބަޖެޓު ރިވިއުގައި ވަނީ އާސަންދައިގެ އިތުރުން ސިފައިންނާއި ފުލުހުންނަށް ދޭ ފުލް ކަވަރޭޖް ނިޒާމަށް ބަޖެޓުކުރި އަދަދު މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް ހަމަވެފައިވާ ކަމަށެވެ.

އިތުރު އިންޝުއަރެންސްތަކަށް މިދިޔަ އަހަރު 241 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި އިތުރު އިންޝުއަރެންސްތަކަށް ކަނޑައަޅާފައި ވަނީ 179 މިލިއަން ރުފިޔާ އެވެ.

އެއް އަހަރުން އަނެއް އަހަރަށް ސިފައިންނާއި ފުލުހުންނަށް ދޭ އިންޝުއަރެންސް ބަޖެޓު އިތުރުކުރަމުން އަންނައިރު، މިދިޔަ ފަސް އަހަރު ދުވަހު އިންޝުއަރެންސްއަށް ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް ސިފައިންނާއި ފުލުހުންނަށް ވަނީ ހޭދަކޮށްފަ އެވެ.

ސިފައިންނާއި ފުލުހުންގެ އިތުުރުން އެފަރާތްތަކުގެ އާއިލާތަކަށް 2019 ވަނަ އަހަރު 148 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ސިފައިންނާއި ފުލުހުންނަށް ދޭ އިންޝުއަރެންސްއަށް މިދިޔަ ފަސް އަހަރު ކުރި ހަރަދު ގާތްގަނޑަކަށް 40 އިންސައްތައަށް ވަނީ އިތުރުވެފަ އެވެ.

ސިއްހީ ހިދުމަތްތަކަށާއި އެހެނިހެން ސަބްސިޑީތަކަށް މިދިޔަ އަހަރު 9.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް