ads
ތިލަފުށި ފިޔަވަހި ދޭއް: ތިލަފުށި ބިމެއްގައި ހުރި އުޅަނދަކާއި ތަކެތި ނަގަން އެޗްޑީސީން ވަނީ އަންގާފައި - ފޮޓޯ:އެޗްޑީސީ
ތިލަފުށި ބިމެއްގައި ހުރި އުޅަނދަކާއި ތަކެތި ނަގަން އެޗްޑީސީން އަންގައިފި
ކ. ތިލަފުށި ބިމެއްގައި ހުރި އުޅަނދަކާއި ތަކެތި ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުގެ އަމިއްލަ ބިމެއްގައި ކަމުގައިވާ ލޮޓް ނަންބަރު (30200 S5-15) އަކީ އެހެން ފަރާތަކަށް މިހާރު ކުއްޔަށް ދީފައިވާ ބިމަކަށް ވާތީ، އެ ބިމުގެ ތެރޭގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތަކާ އަދި އެހެނިހެން ތަކެތި ނަގާ އެ ބިން ކުއްޔަށް ދީފައިވާ ފަރާތަށް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް ވެރި ފަރާތް ނޭނގޭ އުޅަނދެއް އެ ލޮޓްގެ ކުރިމަތީގައި އޮތުމުގެ ސަބަބުން އެ ބިން ހުސްކުރުމުގެ މަސައްކަތަށް އުދަނގޫތަކެއް ކުރިމަތިވެފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.

your imageތިލަފުށި ބިމެއްގައި ހުރި އުޅަނދަކާއި ތަކެތި ނަގަން އެޗްޑީސީން ވަނީ އަންގާފައި - ފޮޓޯ:އެޗްޑީސީ

އެޗްޑީސީން ވަނީ އެ ލޮޓް ކުރިމަތީގައިވާ އުޅަނދުގެ ވެރި ފަރާތެއްވާ ނަމަ، އެ ކޯޕަރޭޝަނުގެ ކޯލް ސެންޓަރުގެ ހޮޓްލައިން 1516 އަށް ގުޅާ މައުލޫމާތު ސާފުކުރުމަށް ފަހު، މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އުޅަނދު ނަގަން އަންގާފަ އެވެ.

your imageތިލަފުށި ބިމެއްގައި ހުރި އުޅަނދަކާއި ތަކެތި ނަގަން އެޗްޑީސީން ވަނީ އަންގާފައި - ފޮޓޯ:އެޗްޑީސީ

މި 15 ދުވަހުގެ ތެރޭގައި އުޅަނދު ނުނަގައިފި ނަމަ، ތިލަފުށީގެ ތެރެއަށް ގަވާއިދާ ހިލާފަށް ދޫކޮށްލާފައިވާ އުޅަނދެއް ކަމަށް ބަލާ މި އުޅަނދާ މެދު އެ ކޯޕަރޭޝަނަށް ފެންނަ ގޮތަކަށް އަމަލުކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް