ads
އެކައުންޓް ހުޅުވުން ފަސޭހަކުރަން ބީއެމްއެލުން ޑީއެންއާރާ އެކު އެމްއޯޔޫއެއްގައި ސޮއިކުރުން - ފޮޓޯ:ބީއެމްއެލް
އެކައުންޓް ހުޅުވުން ފަސޭހަކުރަން ބީއެމްއެލުން ޑީއެންއާރާ އެކު އެމްއޯޔޫއެއް
އެކައުންޓް ހުޅުވުން ފަސޭހަކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ބީއެމްއެލުން ބުނި ގޮތުގައި އެ ބޭންކުން މިއަދު ޑީއެންއާރާ އެކު ސޮއިކުރި އެމްއޯޔޫގެ ސަބަބުން ކަސްޓަމަރުންގެ މައުލޫމާތު އަޕްޑޭޓް ކުރުމާއި އެކައުންޓް ހުޅުވުމުގެ ޕްރޮސެސްއަށް ފަސޭހަވާނެ ކަމުގަ އެވެ.

މިދިޔަ އަހަރު އެ ބޭންކާ އަލަށް 23،000 ކަސްޓަމަރުން ގުޅުނު ކަމަށާއި 66،000 އަށް ވުރެ ގިނަ އާ އެކައުންޓް ހުޅުވާފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ. ބީއެމްއެލުން ބުނީ އެ ބޭންކުގެ ކަސްޓަމަރުންނަށް ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ފުރިހަމަ އަދި ރައްކާތެރި ބޭންކިން ހިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އެ ބޭންކުން އެކަމަކަށް އެންމެ ހާއްސަ ސަމާލުކަމެއްދޭ އެއް ކަންތައް ކަމަށް ބީއެމްއެލުން ބުނެ އެވެ. ބީއެމްއެލުން ބުނެފައި ވަނީ އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުން ހިތްހަމަޖެހޭ އަދި އުފަލާ އެކު ބަލައިގަންނަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތަށް ކުރެވެމުންދާ މަސައްކަތުން މިދިޔަ އަހަރު ވަނީ ކަސްޓަމަރުންގެ ޝަކުވާ 20 އިންސައްތައަށް ދަށް ކުރެވިފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.

މިދިޔަ އަހަރުގެ މެއި މަހު ބީއެމްއެލުން ވަނީ ޑިޖިޓަލް ބޭންކިން އެސިސްޓަންޓް، އާޔާ ތައާރަފުކޮށްފަ އެވެ. އާޔާއަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖަ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓަލިޖެންޓް ޗެޓް ބޮޓެކެވެ.

ބީއެމްއެލުން ބުނި ގޮތުގައި އެ ބޭންކުން ކަސްޓަމާ ސާވިސް ރަނގަޅު ކުރަން ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު ކަސްޓަމަރުން ހުށަހަޅާ މައްސަލަތައް ހައްލުކޮށްދިނުމުގައި 24 އިންސައްތައިގެ ކުރިއެރުމެއް ލިބުނު ކަމުގަ އެވެ. މިއީ ކަސްޓަމަރުން ބޭނުންވާ ފަދަ ހިދުމަތެއް ދިނުމަށް އެ ބޭންކުން ދޭ އަހައްމިއްޔަތު ހާމަވާ ކަމެއް ކަމަށް ބީއެމްއެލުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް