ads
ބޮޑީ ބިލްޑިން މުބާރާތުގެ ތެރެއިން
ބޮޑީ ބިލްޑިން މުބާރާތުން ދިވެހިންނަށް ބޮޑު ކާމިޔާބީއެއް
ސައުތު އޭޝިއާ ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ރާއްޖޭގެ އެތުލީޓުން 13 މެޑަލް ހޯދައިފި އެވެ.

އޭޝިއާ ބޮޑީބިލްޑިން ޗެމްޕިއަންޝިޕް އޮތީ ރާއްޖޭގައި، މި މަހު 6-10 އަށެވެ.  މި މުބާރާތުން ދިވެހި އެތުލީޓުން ހޯދި 13 މެޑަލްގައި ހިމެނެނީ ފަސް ރަން މެޑަލް އާއި, ފަސް ރިހި މެޑަލްގެ އިތުރުން ތިން ލޯ މެޑަލް އެވެ.

މި މުބާރާތުގައި އެންމެ ފާހަގަ ކޮށްލެވެނީ 170 ސެންޓްމީޓަރު ސްޕޯޓްސް ފިޒީކް ކެޓަގަރީން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރާއްޖޭގެ އަޒްނީން ރަޝާދު ހޯދި ރަން މެޑަލް އެވެ. މީގެ އިތުރުން، އެތުލެޓިކް ފިޒީކްގެ 175 ސެންޓްމީޓަރު ބައިން ރާއްޖޭގެ އަބްދުﷲ އަހުސަންވަނީ ރަން މެޑަލް ހޯދާފައެވެ. މި ކެޓަގަރީން ދެ ވަނަ ހޯދީ އިބްރާހިމް ނަބީލް އެވެ. އެތުލެޓިކް ފިޒީކް 167 ސެންޓިމީޓަރު ކެޓަގަރީން ރާއްޖޭގެ ފަތުހުالله މުހައްމަދު ރަން މެޑަލް ހޯދިއިރު, އެ ކެޓަގަރީގެ ދެވަނަ ހޯދީ މުހައްމަދު ޒިޔާދު އެވެ.

މީގެ އިތުރުން ބޮޑީބިލްޑިން 55 ކިލޯ ކެޓަގަރީން ރާއްޖޭގެ ޝަހީން އިބްރާހީމް ދީދީ ރަން މެޑަލް ހޯދިއިރު, ބޮޑީބިލްޑިން 60 ކިލޯ ކެޓަގަރީން ޝަލާލު އިބްރާހީމް ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން ބޮޑީބިލްޑިން 75 ކިލޯގެ ކެޓަގަރީން މުހައްމަދު ނަހްޔާން ވަނީ ރަން މެޑަލް ހޯދައިރު, ބޮޑީބިލްޑިން 90 ކިލޯ ކެޓަގަރީން މުހައްމަދު ޔާމީން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް