މާރާމާރީ ހިންގައި ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، އުމުރުން 45 އަހަރުގެ އަންހެނެކެވެ.
އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން، އޭނާ 10 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން މިއަދުވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން މިއަދު މި އަމުރުކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އައިމިނަތު އަޒުލިފާ އެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.