ads
ފަލަސްތީނަސް އެޙީވުމަށް ފެށި ޓެލަތޯނަށް ރައީސް މުއިއްޒުގެ ދެކަނބަލުން ފައިސާ ހަދިޔާކުރައްވަނީ
ރާއްޖެއިން ފަލަސްތީނަށް ދޭ އެހީ 50،000 ޑޮލަރަށް އިތުރުކުރަނީ
ފަލަސްތީނަށް އެހީވުމަށްް އދ ގައި އޮންނަ ފަންޑަށް ދިވެހި ސަރުކާރިުން ކޮންމެ އަހަރަކު ދޭ ފައިސާގެ އެހީ އިތުރުކުރަން ނިންމައިފިއެވެ.
Advertisement

ފަލަސްތީނަށް އެހީވުމަށް ދިވެހި ސަރުކާރުން ފެށި ޓެލްތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިކަން އިއުލާންކުރެއްވީ ހާރިޖީ ވަޒީރު މޫސާ ޒަމީރުއެވެ. 

ވަޒީރު ވިދާޅުވީ ފަލަސްޠީނަށް އެހީވުމަށް އދގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ އަދަދު 50،000 ޑޮލަރަށް ބޮޑުކުރަން ރައީސް މުއިއްޒު ނިންމަވާފއިވާކަމަށެވެ. ޒަމީރު ވިދާޅުވީ ޔޫއެންގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް "އަންރުވާ" މިހާތަނަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އައީ 5000 ޑޮލަރުކަމަށެވެ. 

"މިދިޔަ އަހަރުތަކުގައި ރާއްޖެއިން ދައުލަތުގެ ފަރާތުން ވާނީ މި ފަންޑަށް އަބަދުވެސް އެހީވެެދީފައި. އެގޮތުން ކޮންމެ އަހަރަކު ރަމްޒީ އެހީގެ ގޮތުގައި 5000 ޑޮލަރު ދަނީ ދެމުން. އެކަމަކު މިދިޔަ އަހަރުގެ އޮކްޓުބަރު ހަތަކުން ފެށިގެން އިޒްރޭލުން ފަލަސްތީނަށްް ދެމުންދާ ހަމަލާތަކުން ފަލަސްތީނަށް ވެފައިވާ ގެއްލުންތަކުން އަޅުގަނޑުމެން އިތުރަށް އެހީއެއް ވެދިނުމުގެ ގޮތުން ރައީސް ވަނީ މިއަހަރު ދައުލަތުގެ ފަރާތުން މި ފަންޑަށް 50،000 ޑޮލަރު ދޭން ނިންމާފައި. އެއީ ކުރުން ދެމުން އައި އަދަދުގެ ދިހަ ގުނަ." މޫސާ ޒަމީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ފައިސާ ހަވާލުކުރާނީ ފިނޭންސް މިނިސްޓްރީއާ އެމްއެމްއޭގެ މެދުވެރިކޮށް ހާރިޖީ ވުޒާރާހެ ބެލުމުގެ ދަށުންކަމަށެވެ. އަދި އެކަން ހިންގާ ގޮތް ބެލުމަށް "ކްރޯ މޯލްޑިވްސް އެލްއެލްބީ" ކިޔާ މިނިވަން އޮޑިޓަރެއް ހަމަޖައްސާފައިވާކަމަށްވެސް މޫސާ ޒަމީރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް