ވިނަރެސްގެ އެކްސެސް ޓެގު އެޗްޑީސީން ދޫކުރަނީ
މުހައްމަދު އަތީފް
12 ޖޫން 2024 - 18:51:24
ވިނަރެސް ޓަވަރުތަކުގެ އެކްސެސް ޓެގު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރަން ފަށައިފި އެވެ.
ވިނަރެސް ޓަވަރުތަކުގެ އެކްސެސް މިހާރު ހުންނަނީ ކޮންޓްރޯލް ނުކޮށެވެ. އެހެންކަމުން އެތަންތަނުގައި ނޫޅޭ ފަރާތްތަކުން އެތަންތަނަށް ވަންނަމުންދާ ކަމުގެ ޝަކުވާ އެ ކުންފުންޏަށް ލިބެމުންދާ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނީ ވިނަރެސްގެ އެކްސެސް ޓެގުތައް ދޫކުރަނީ މިއަދާއި މާދަމާގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 6:00 އަށް ކަމަށެވެ. ޓެގުތައް ދޫކުރަނީ ވިނަރެސް 10 ގައި ހުންނަ މެނޭޖްމަންޓް އޮފީީހުން ކަމަށް އެ ކުންފުނިން ބުނެ އެވެ. އެޗްޑީސީން ބުނެފައި ވަނީ:
- ކީ ޓެގު ދޫކުރާނީ ހަމައެކަނި އެޕާޓްމަންޓުގެ ވެރިފަރާތް ނުވަތަ ކޯ-އެޕްލިކެންޓަށް ކަމަށް
- ޓެގާ ހަވާލުވާންދާއިރު ވެރިފަރާތުގެ އައިޑީކާޑު ކޮޕީ ގެންދަން ޖެހޭނެ
- ކޯ-އެޕްލިކެންޓު ދާނަމަ ވެރިފަރާތާ އެކު ދެ މީހުންގެ އައިޑީކާޑު ކޮޕީ ގެންދަން ޖެހޭ
ޓެގުތައް ދޫކުރުމަށް ފަހު މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ވިނަރެސްގެ އެކްސެސް ކޮންޓްރޯލް ކުރަން އެޗްޑީސީން ފަށާނެ އެވެ. އެފަހުން ވިނަރެސްއަށް ވަދެވޭނީ ޓެގު އޮންނަ މީހުންނަށް އެކަންޏެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް