ދަންވަރު ހިނގި މި ހާދިސާގައި ރޯވެފައިވަނީ މާލޭ ދެކުނުފަރާތު، ސްވިމިންގ ޓްރެކް ސަރަހައްދުގައި އޮތް ލޯންޗެއްގައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާގެ ރިޕޯޓް ލިބުނީ 00:42 ހާއިރުކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސުން ބުނެއެވެ. އެއާއެކު ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް 20ކަށް މިނެޓް ތެެރޭގައި އަލިފާން ނިވާލާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގައި ލޯންޗުގެ ބޮޑު ބައެއް ވަނީ އަނދަައިގެން ގޮސްފައެވެ.