މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި 3 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބި ވަނީ ފަރުވާ ދީފަ އެވެ. އޭގެތެރޭގައި ހިމެނެނީ ދެ ފިރިހެނުންނާއި އަންހެނެކެވެ.
ފުލުހުން ބުނީ މި މައްސަލާގައި މި 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 21 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އެއީ އެތަނުން އެއް ސައިކަލު ދުއްވި ޒުވާބާކަމަށާއި އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫންކަމަށް ފުލުހުން ބުނެ އެވެ.
ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާދީފަ އެވެ. އެ އަމުރުގައިވާ ގޮތުން އަނެއް ސައިކަލްގައި ތިބި އަންހެން މީހާއާއި ފިރިހެން މީހާގެ ހާލު ސީރިއަސް އެވެ. އެމީހުންނަށް އަންނަނީ ފަރުވާދެމުން ނެވެ.
މީގެއިތުރުން ކޯޓު އަމުރުގައިވާ ގޮތުން ހައްޔަރުކުރި ޒުވާނާއަކީ ލައިސަންސް ނެތި ދުއްވައިގެން މިއަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރެއްގެ މަތިން ފުލުހުން ހިފަހައްޓައި، ޖޫރިމަނާކޮށްފައިވާ ޒުވާނެކެވެ.