ads
ފަލަސްތީނު ޝަހީދުންގެ އާއިލާތަކުން ހައްޖަށް އައުމުން މަރުހަބާ ކިޔަނީ
ހައްޖަށް ދިޔަ ފަލަސްތީނު ޝަހީދުންގެ އާއިލާތަކަށް ހޫނު މަރުހަބާއެއް
ފަލަސްތީނުގައި އިޒްރާއީލުން ހިންގާ ޖަރިމާތަކުގައި ޝަހީދުވެފައިވާ މީހުންގެ އާއިލާތަކުގެ މެމްބަރުން ހައްޖަށް ސައުދީއަށް ވަނުމުން މަރުހަބާ ކިޔައިފިއެވެ.

ފަލަސްތީނުގައި އިޒްރާއީލުން ހިންގާ ޖަރިމާތަކުގައި ޝަހީދުވެފައިވާ މީހުންގެ އާއިލާތަކަށް މިއަހަރުގެ ހައްޖުގައި 2000 ޖާގަ ހާއްސަކުރަން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ވަނީ ނިންމަވަފާއެވެ. 

އޭގެ ތެރެއިން500 ހާޖީއަކު ވަނީ އިއްޔެ ސައުދީއަށް އެތެރެވެފައެވެ. ސައުދީ ހައްޖު ވުޒާރާއިން ވަނީ ފަލަސްތީނު ޝަހީދުންގެ އާއިލާތަކަށްް ހޫނު މަރުހަބާއެއް ކިޔާފައެވެ. ސައުދީ ސަރުކާރުން ބުނީ ފަލަސްތީނުގެ އާއިލާތަކަށް ދިން ޖަގާގައި ބާކީ ތިބި 1500 މީހުން މިއަދު އެ ގައުމަށް ދާނެކަމަށެވެ. 

your imageފަލަސްތީނު ޝަހީދުންގެ އާއިލާތަކުން ހައްޖަށް އައުމުން މަރުހަބާ ކިޔަނީ 

ފަލަސްތީނަށްް ރަސްގެފާނު ސަލްމާން ދެއްވި 2000 ޖާގަތައް ދޭނީ އިޒްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އާއިލާ މެމްބަރުންނާއި އެކި ޖަލުތަކުގައި ބަންދުވެފައިވާ ގައިދީންގެ އާއިލާތަކާއި ހަމަލާތަކުގައި ޒަހަމްވި މީހުންނާއި އެ މީހުންގެ އާއިލާތަކަށެވެ.

ރަސްގެފާނު ދެއްވާ ހައްޖުގެެ ހާއްސަ ފުރުސަތުން ފަލަސްތީނަށް ހާއްސަ ކުރާ ޖާގަތައް ފިޔަވާ ދެން ހުރި ޖާގަތައް ދޭނީ 88 ގައުމަކުން 3،322 މުސްލިމުން ބައިވެރިވާނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.  

މީގެ 26 އަހަރު ކުރިން ސައުދީ ރަސްގެފާނު ފެއްޓެވި މި ޕްރޮގްރާމްގެ ދަށުން، މިހާތަނަށް އެކި ގައުމުތަކުން 60،000 އަށް ވުރެ ގިނަ މުސްލިމުންނަށް ހައްޖުކުރުމުގެ ފުރުސަތު ދީފައިވާކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ. 

މިއަހަރުގެ ހައްޖު ދުވަހަކީ އަންނަމަހު ހޮނިހިރު ވަނަދުވަހެވެ. މިއަހަރުގެ ހައްޖަށް 2 މިލިއަނަށްވުރެ ގިނަ މީހުން ސައުދީއަށް އެތެރެވާނެކަމަށް އެ ގައުމުން ބުނާއިރު މދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށްް 1.3 މިލިއަން މީހުންވަނީ މައްކާއަށްް އެތެރެވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް