ads
ޓެޑްރީގެ ފިލްމު ލަސްވިޔަސްގެ ޕޯސްޓަރެއް.
"ލަސްވިޔަސް" ގެ ވަދާއީ ޝޯ މާދަމާ ރޭ
އެޕްރީލް މަހު 12 އިން ފެށިގެން އޮލިމްޕަހުގައި ދައްކަމުން އަންނަ ފިލްމު "ލަސްވިޔަސް" ގެ ވަދާއީ ޝޯ މާދަމާ ރޭ ދެއްކުމަށް ތައްޔާރުވެއްޖެ އެވެ.

1994 ވަނަ އަހަރު ޓެޑް އުފެއްދި "ދެރިޔާ" އަށް ފަހު މުހައްމަދު ނިޔާޒު (ޓެޑްރީ) ޑައިރެކްޓު ކުރި ދެވަނަ ފީޗަރ ފިލްމް "ލަސްވިޔަސް" ގެ މެއިން އެއް ކެރެކްޓަރގެ ރޯލް އަދާކުރަނީ ކުރީގެ މަޝްހޫރު އެކްޓްރެސް ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހީމް އެވެ. މީ ޒޯޔާ ފިލްމީ ދާއިރާއަށް ތައާރަފުވާ ފިލްމެވެ. 

އޭނާއާ އެކު ވާޝިޔާ މުހައްމަދާއި އަހުމަދު އީސާ (އާނަންދު) ވެސް ލީޑު ރޯލުން ފެނެ އެވެ. އަދި ފިލްމުގެ ސަޕޯޓިން ކާސްޓުގައި ގިނަ އެކްޓަރުންތަކެއް ހިމެނެ އެވެ. މީގެ ތެރޭގައި ފައުޒިއްޔާ ހަސަން އާއި ރީކޯ މުސާ މަނިކުވެސް ފިލްމުގެ މުހިއްމު ރޯލްއަކުން ފެނެ އެވެ.  

ޓެޑްރީގެ އެޓާނަލް ޕިކްޗާސް އިން އުފައްދާ މި ފިލްމަކީ ޓެޑްގެ އަމިއްލަ ވާހަކައެކެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ފެނިގެންދާ ފަންނާނުގެ ތެރެއިން ކޮކޯ ހަސަން ފާހަގަކޮށްލެވެ އެވެ. 

ޓެޑްރީގެ މި އަސަރު ގަދަ ލޯބީގެ ފިލްމު ޕްރީމިއާކުރީ އެޕްރީލް 12 ގަ އެވެ. އޭގެ ފަހުން "ލަސްވިޔަސް" ގެ ޝޯތައް ދައްކަމުން އަންނަ އިރު، މި ފިލްމުވެފައި އެޅުވި ފަހުން މެދިކެނޑުމެއް ނެތި އޮލިމްޕަހުގައި އެންމެ ގިނަ ދުވަހު ދެއްކި ފުރަތަމަ ދިވެހި ފިލްމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް