ads
ހައްޖުގެ އަޅުކަމުގައި ހުއްޓާ ނިޔާވި ފާތިމަތު ހަފީޒާ
ހައްޖުގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
ހައްޖުގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.
Advertisement

ނިޔާވީ ރ. ހުޅުދުއްފާރު، އުމުރުން 80 އަހަރުގެ ފާތިމަތު ހަފީޒާއެވެ. މަރްހޫމާގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުލްޙަރާމްގައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

މިއަހަރުގެ ހައްޖުގައި 1150 ދިވެހި ހާޖީން ދަނީ ބައިވެރިވަމުންނެވެ. އޭގެތެރޭގައި ހިމެނޭނީ ރާއްޖެއަށް ލިބުނު ރަސްމީ ކޯޓާގައި ހިމެނޭ 1000 މީހުންނާއި ފަހުން އިތުރަށް ދިން 150 މީހުން ކޯޓާގައި ދިޔަ ހާޖީންނެވެ. 

މި ފަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހާޖީންވެސް ތިބީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. ދިވެހި ހުރިހާ ހާޖީން ހައްޖުގެ މަނާސިކުތައް ފުރިހަމަ ކުރިމަށްް މާދަމާ މިނާއަށް ދަތުރު ފަށާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް