ads
ރާއްޖޭގެ ރިސޯޓެއް: ރެޑިފް.ކޮމް
ރާއްޖޭގެ ފަތުރުވެރިކަން އިތުރުކުރުމަށް އިންޑިއާގައި ރޯޑް ޝޯއެއް ބާއްވަނީ
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާ ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އާ އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރެލިލޭޝަންސް ކޯޕޮރޭޝަން (އެމްއެމްޕީއާރުސީ)ން އިންތިޒާމްކޮށްގެން ރާއްޖޭގައި ފަތުރުވެރިކަން އިތުރުކުރުމަށް އިންޑިއާގައި ރޯޑް ޝޯވްއެއް ބާއްވަން ނިންމައިފި އެވެ.
Advertisement

މަޓާޓޯގެ ރަސްމީ އެކްސް އެކައުންޓްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ރޯޑް ޝޯވް މެދުވެރިކޮށް ރާއްޖޭ "ލީޑިން" މަންޒިލެއްގޮތުގައި ޕްރޮމޯޓްކުރަން ލިބުމަކީ ބޮޑު އުފަލެއްކަަމަށެވެ. އަދި ރޯޑް ޝޯވް އިންޑިއާގެ 3 ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މަޓާޓޯއިން ބުނެ އެވެ.

އެގޮތުން އަންނަ ޖުލައި މަހުގެ 22 ގައި ބެންގަލޫރުގަ ރޯޑް ޝޯވް ބާއްވަން ހަމަޖެހިފައިވާއިރު، އެމަހުގެ 24 ގައި ރޯޑް ޝޯވް ބާއްވަން ހަަމަޖެހިފައިވަނީ މުމްބާއީ ގައެވެ. އަދި 3 ވަނަ ރަށެއްގެ ގޮތުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އެ ރޯޑްޝޯވް ބާއްވަން ހަމަޖެހިފައިވަނީ 26 ޖުލައިގަކަމަށް މަޓާޓޯއިން މައުލޫމާތުދެ އެވެ.

މީގެއިތުރުން ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެފަދަ "ސްޓްރެޓެޖިކް އިނިޝިއޭޓިވް" އެއް ނެގުމުގެ މަގްސަދަކީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އައުޓްބައުންޑް ޓޫރިޒަމް މާކެޓްތަކުގެ ތެރެއިން އެއް މާކެޓް ކަމަށްވާ އިންޑިއާގެ ބާޒާރުގައި ރާއްޖޭގެ ހާޒިރީ ހަރުދަނާ ކުރުން ކަަމަށް މަޓާޓޯއިން ބުނެ އެވެ. 

މި ރޯޑް ޝޯވްގައި ރާއްޖޭގެ ސާފު ގޮނޑުދޮށްތަކާ، ރިސޮޓު އަދި ގެސްޓް ހައުސް، ކުލަތަކުން ފުރިގެންވާ ކަނޑުގެ ދިރުންތަކާ، ރާއްޖޭގެ ތާރީހީ އަދި ސަގާފީ މުއްސަނދިކަން ޝޯވްކޭސް ކުރެވިގެންދާނެކަަމަށް މަޓާޓޯއިން ބުނެ އެވެ.

ރައީސް ޑރ.މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރާއްޖޭއަށް އެނބުރި ވަޑައިގަތީ އަންގާރަ ދުވަހުއެވެ. އެގޮތުން ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއަށް ކުރެއްވި ދަތުރު ނިންމާލުމުގެ ކުރިން އެގައުމުގައި ހުންނަވާ ދައުލަތުގެ މީޑިއާއަށްް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާއަށްް ކުރެއްވި ދަތުރު ވަރަށް ކާމިޔާބުކަށާއި ކުރިޔަށްވުރެވެސް އިންޑީއާ ރާއްޖެއަށް ރަނގަޅުވެގެންދާނެކަމަަށެވެ. އަދި ރާއްޖެއަށް އެންމެ ރަނގަޅުގޮތް، ދިވެހި ރައްޔިތުންނަށް އެންމެ ހެވާ ލާބަ ލިބޭގޮތަށް ދެ ގައުމުގެ ގުޅުމުގެ ތެރެއިން، އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނެ ކަމަށް ރާއީސް މުއިއްޒު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް