ads
މަފާޒު ކުރިން ފުލުހުންގެ ވެހިކަލެއްގައި
ނަޑޭގެ މަރުގެ ތުހުމަތުވާ މަފާޒް އަލުން ހައްޔަރުކޮށްފި
ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް އިބްރާހިމް (ނަޑޭ) މަރައިލި މައްސަލާގައި ތުހުމަތުވާ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން އަލުން ބަންދު ކުރަން ހައިކޯޓުން އަމުރުކޮށްފި އެވެ.
Advertisement

ޓާމިނަލް ކެފޭގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ ނަޑޭ މަރައިލި މައްސަލާގައި ތުހުމަތުވާ މަފާޒު އެހެން މައްސަލައެއްގައި ބަންދުކޮށްފައި ހުރުމަށް ފަހު މިނިވަންވުމުން ދައުލަތުން އޭނާ އަލުން ބަންދު ކުރަން ކޯޓުގައި އެދުނެވެ. މި މައްސަލައިގައި މަފާޒްއާ ދެކޮޅަށް ދައުލަތުން ދައުވާ އުފުލާފައިވާއިރު، މަފާޒު ކުރިން ހުރީ އެހެން މައްސަލައެއްގައި ބަންދުކޮށްފައެވެ. އޭރު ކޯޓުން ކަނޑައެޅީ އެ މައްސަލައިގައި ބަންދުކޮށްފައިވާތީ، އަލުން ބަންދު ނުކުރުމަށެވެ. އެހެންނަމަވެސް އޭނާ ބަންދުން މިނިވަން ވެއްޖެނަމަ، އަލުން ބަންދާ މެދު ގޮތެއް ކަނޑައަޅަން ކޯޓުން ކުރިން އޮތީ ނިންމާފަ އެވެ.

ޓާމިނަލް ކެފޭ ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މަފާޒާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

ދައުލަތުން އެދުނު ގޮތަށް ހައި ކޯޓުން މިއަދު އޭނާ ބަންދު ކުރުމަށް އަމުރުކުރީ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ އެ ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން މަޒީދާއި، ފަނޑިޔާރު މުހައްމަދު ސަލީމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް