އެންސީއޭއިން ބުނީ މާލޭގައި އީދުގެ ހަރަކާތްތަށް ފެށޭނީ މާދަމާރޭ އޮންނަ "ވެދުމާއި ދިޔުމުން" ކަމަށެވެ. މި ހަރަކާތުގައި ބައިވެރިވާ ޓީމު ވެދުމާއިގެން ދާނީ ރައީސް މުއިއްޒުގެ ދެ ކަނބަލަކުންގެ އަރިހަށްކަމަށާއި އީދުގެ ހަރަކާތްތައް ފެށޭނީ އެ ހިސާބުންކަމަށް އެންސީއޭއިން ބުނެއެވެ.
އޭންސީއޭއިން ބުނީ އީދު ދުވަހު އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ފަހު މާލޭގެ ދެ ސަރަހައްދެއްގައި އީދު ސައި އޮންނާނެކަމަށްވެެ. މިގޮތުން ހެދިގޮނޑުދޮށުން ފެށިގެން ރާޅުގަނޑު ސަރަހައްދާއި ހަމައަށް އީދު ސަޔަށް މޭޒު ބަހައްޓާނެކަމަށާއި މާފަން ސްޓޭޑިއަމްގައިވެސް އީދު ސައި އޮންނާނެކަމަށް އެންސީއޭއިން ބުނެއެވެ.
އީދުގެ ފެންކުޅިވެސް މިފަހަރު އޮންނާނެކަން ފާހަގަކުރަމުން އެންސީއޭއިން ބުނީ ފެންކުޅި އޮންނާނީ ވަޅު އީދު ދުވަހުކަމަށެވެ. މި ހަރަކާތް އޮންނާނީ ރަސްފަންނާއި ހެދިގޮނޑު ދޮށުގައެވެ.
ބޮޑު އީދަށް މާލޭގައި އޮންނަ ކުޅިވަރުތައް
އެންސީއޭއިން ބުނީ ބޮޑު އީދު މާލޭގައި ކުލަގަދަކޮށް ފާހަގަކުރަނީ ނެތިގެންދާ ދިވެހި ސަގާފާތް އާލާ ކުރުމުގެ މަގުސަދުގައިކަމަށެވެ. އެހެންކަމުން ކުޅުވަރުތައް ބަލާލަން ނުކުންނައިރު ދިވެހި ސަގާފީ ހެދުންތައް ބޭނުންކުރަން އެންސީއޭއިން ވަނީ އެދިފައެވެ.