ads
ދިވެހި ހައްޖުވެރިން މިނާ ޓެންޓްގައި މަޑުކޮށްލައިގެން. އަރަފާތަށް ނުކުންނާނީ މިރޭ
ދިވެހި ހައްޖާޖީން މިނާއަށް އެތެރެވާ ފަށައިފި
ރާއްޖެއިން މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ހާޖީން މިނާއަށް ދަތުރު ފަށައިފިއެވެ.
Advertisement

މިއަހަރުގައި ހައްޖުގައި ރާއްޖޭގެ 1150 ހާޖީން ބައިވެރިވެއެވެ. އިސްލާމިކް މިނިސްޓްރީ ބުނީ ދިވެހި ހުރިހާ ހާޖީންގެ ހާލުވެސް ރަނގަޅުކަމަށެވެ.

ދިވެހި ހައއްޖު މިޝަނުން ބުނީ ދިވެހީ ހާޖީން މިނާއަށްް ރޭ ދަންވަރު ދަތުރު ފަށާފައިވާކަމަށެވެ. އެގޮތުން މިހާރު 577 ހާޖީން މިނާ ޓެންޓްތަކަށްް ގޮސްފައިވާކަމަށް ހައްޖު މިޝަނުން ބުނެއެވެ. 

ހުރިހާ ހައްޖުވެރިން މިއަދު މަޑުކުރާނީ މިނާގައެވެ. އަރަފާތައް ނުކުންނާނީ މިރޭގެ ވަގުތެއްގައެވެ. އަދި މާދަމާ އަރާފާތުގައި އިރުއޮއްސެންދެން ތިބުމަށްފަހު މާދަމާ ރޭ ކުރާނީ މުޒްދަލިފާގައެވެ. އަދި އެނބުރި މިނާ ޓެންޓަށް ހައްޖުވެރިން ދެން ވަންނާނީ އީދު ދުވަހު ހެނދުނު ޖަމްރާއަށް ހިލަ އުކުމަށްފަހުއެވެ. 

your imageހައްޖުވެރިން މިނާއަށް އެތެރެވަނީ. މިއަހަރު ހައްޖުގައި 2 މިލިއަން މީހުން ބައިވެރިވާނެކަމަށް ސައުދީން ބުނޭ

ދިވެހި ހާޖީން މިނާގަައި ހައްޖުމަހުގެ 10، 11 ،12 ގައި މަޑުކުރުމަށްްފަހު މިނާއިން ނުކުންނާނީ 13 ވަނަދުވަހުއެވެ. އެހިސާބުން ހައްޖުގެ އަޅުކަމުގައ މަނާސިކުތައް ފުރިހަމަކުރެވުނީ އެވެ.

މިއަހަރުުގެ ހައްޖު ދުވަހަކީ މާދަމާއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް