ފުލުހުން މިއަދު ބުނީ މާފުށި ބޭރުގައި އޮތް ސަފާރީއެއްގައި ހުއްދަނެތި ބަނގުރާ ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނުގައި، އެ ސަފާރީ ބަލައިފާސްކޮށް 200 އަށްވުރެ ގިނަ ބަނގުރާ ފުޅި އާއި ދަޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 62 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ. އެހެންނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން ހާމަ ނުކުރެ އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ މާފުށި ޕޮލިސް ސްޓޭޝަން، ޑްރަގް އެންފޯސްމަންޓު، ފޮރެންސިކް ޑިޕާޓްމަންޓު، މެރިން ޕޮލިސް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެންނެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.